ދިވެހިރާއްޖެ
1444 ވަނަ އަހަރު" މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް" އިން އެކުލަވާލާފައިވާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަތޮޅުތެރެއިން އަލަށް ރެޖިސްޓްރީ ވުމަށްއެދޭ ފަރާތްތަކަށް ރެޖިސްޓްރީވުމުގެ ފުރުޞަތު 18 ޑިސެންބަރު 2022 އިން 19 ޖަނަވަރީ 2023ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ.
ވީމާ، މިރަށުގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ކުރިން ފޯމު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ފޯމު ދޫކުރުން: 18 ޑިސެމްބަރ 2022 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 13:00 އަށް
ފޯމު ބަލައިގަތުން: 22 ޑިސެމްބަރ 2022 ވަނަ ދުވަހުން ފެށިގެން 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހެއްގެ 9:00 އިން 13:00 އަށް
ނޯޓް: މީގެކުރިން ފަޤީރުންގެ ދަފްތަރުގައި ރެޖިސްޓްރީވެފައިވާ ފަރާތްތަކުން އަލުން ރެޖިސްޓްރީވާން ޖެހިވަޑައި ނުގަންނަވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.