ދިވެހިރާއްޖެ
މަސައްކަތު ވޭޖް ޕޫލްގައި ރަޖިސްޓްރީ ވުމުގެ ފުރުޞަތު
މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.
މަޤާމު: |
މަސައްކަތު ( ވޭޖްޕޫލް ) |
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް |
ވަޒީފާ އަދާ ކުރަންޖެހޭ ތަން : |
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާ / ހއ. ކެލާ މިސްކިތް |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
މުސާރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 45.00 ( ސާޅީސް ފަސްރުފިޔާ ) |
މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު: |
ދުވާލަކު 5 ގަޑީއިރު ހަފްތާގެ 7 ދުވަސް |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
ދާއިމީ މަސައްކަތު މުވައްޒަފު ބަލިވެ ސަލާމްގައި ނުވަތަޗުއްޓީގައި ހުންނަދުވަސްތަކުގައި ނުވަތަ މަސައްކަތު މީހަކު ނެތި ހުސްކޮށްހުންނަ މިސްކިތެއްގައި ތިރީގައި މިދަންނަވާ މަސައްކަތް ކުރުން.
|
މަޤާމުގެ ޝަރުޠުތައް: |
ލިޔަން ކިޔަން އެނގުން |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 14.00ގެ ކުރިން ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓްކޮށް އިންޓަރވިއު ކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްޝޯޓް ލިސްޓުކޮށް ބާއްވާ އިންޓަވިއު އޮންނާނީ 2022 ޑިސެމްބަރ 28 އާއި 2022 ޑިސެމްބަރ 29 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލް އިދާރާގައެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500214 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |