ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރާއި ގުޅޭ

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ

ބާރަށް، ދިވެހިރާއްޖެ.

     

އިޢުލާން

ނަމްބަރު:  (IUL)257/257/2022/129

1444 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރާއި ގުޅޭ

ތާރީޚް: 18 ޑިސެމްބަރ  2022

 

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް  22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023ވަނަ ދުވަހުގެ  13.00 ގެ  ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.  

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން  މިފުރުސަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ. އެހެން ނަމަވެސް ދަފްތަރުގައި މިހާރު ރަޖިސްޓްރީ ވެފައިވާ އާއިލާގައި، 19 ޖަނަވަރީ 2023 އަށް  18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހުން ހިމެނޭ އާއިލާއަކުން އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.

             ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދޭ  ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު  9.00 އިން  13.00 އަށް ވަނީހަމަޖެހިފައެވެ.  ފޯމު ހުށައަޅުއްވާނީ ހުރީހާ ލިޔެކިއުންތަކާއިއެކުއެވެ.

            ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް 18 ޑިސެމްބަރ 2022 އިން ފެށިގެން މި ކައުންސިލުން ލިބޭނެއެވެ.

            ފޯމު ހުށަހެޅުމުގެ ފުރުޞަތުވަނީ 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13.00 ގެ ނިޔަލަށެވެ.  މިމުއްދަތުގެ ފަހުން ހުށަހެޅޭ ފޯމު ބަލައި ނުގަނެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                     24 ޖުމާދުލްއޫލަ  1444                                        

                     18 ޑިސެމްބަރ  2022

18 ޑިސެންބަރު 2022
ހޯދާ