ދިވެހިރާއްޖެ
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފުރުސަތު ހުޅުވާލުމާއި ބެހޭ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ފޯމް ހުށަހެޅުމުގެ ފުރުޞަތު 22 ޑިސެމްބަރ 2022 އިން ފެށިގެން 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް ހުޅުވާލަމެވެ.
- ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މި ވަގުތު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި ފުރުސަތުގައި އަލުން ފޯމު ހުށަހަޅަން ނުޖެހޭނެއެވެ.
- ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ޢާއިލާގައި 19 ޖެނުއަރީ 2023 އަށް 18 އަހަރު ނުވަތަ 65 އަހަރު ފުރޭ މީހެއް/މީހުން ހިމެނޭނަމަ އެ ޢާއިލާއަކުން ފޯމު ހުށަހަޅަންޖެހޭނެއެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކަށް ފޯމުދޫކުރުމަށް ހަމަޖެހިފައިވަނީ: 18 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ.
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ: 22 ޑިސެމްބަރ 2022 އިން 19 ޖެނުއަރީ 2023 އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 13:00 އަށެވެ. ވީމާ، ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އެދޭފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފޯމް" ފުރުއްވުމަށްފަހު 19 ޖެނުއަރީ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ޖުމާދަލްއޫލާ 1444