މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށް

ނ. ފޮއްދޫ ބަނދަރު ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ 5 ވަނަ މާއްދާގެ ދަށުން، މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ދެނެގަތުމަށް ހަދަންޖެހޭ 'އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމަންޓް' ރިޕޯޓު ތައްޔާރުކުރުމަށް ކުރެވުނު އިޢުލާން ނަންބަރު IUL) 138-ES2/1/2014/198)ފ(15 އޮކްޓޫބަރު 2014) އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.

ވީމާ، އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް 02 ޑިސެންބަރު 2014އާ ހަމައަށް މަޢުލޫމާތު ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބިޑު ހުޅުވުން 09 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި މިނިސްޓްރީގައި އޮންނާނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

އިންޖިނިއަރިންގ ސެކްޝަން

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3004110/ 3004300      ފެކްސް:3004301

އީ-މެއިލް: [email protected]

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ