މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނެވޭ ބިދޭސީން ބޭތިއްބުމަށް، ހުޅުމާލެ ފޭސް 2 ގައި ޤާއިމު ކުރަމުންދާ ޑިޓެންޝަން ފެސިލިޓީގައި ބޭތިއްބޭ ބިދޭސީންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިއުލާނު ނަންބަރު (IUL)94-Q/94/2022/37 ގައި ހިމެނިފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި ޢިއުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ޕްރޮޖެކްޓް ނަންބަރު: PC-942022W-35
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެދަށަށް ގެނެވޭ ބިދޭސީން ބޭތިއްބުމަށް، ހުޅުމާލެ ފޭސް 2 ގައި ޤާއިމު ކުރަމުންދާ ޑިޓެންޝަން ފެސިލިޓީގައި ބޭތިއްބޭ ބިދޭސީންނަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިއުލާނު ނަންބަރު (IUL)94-Q/94/2022/37 ގައި ހިމެނިފައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މި ދެންނެވި ޢިއުލާނު ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރަމެވެ.
- މިޕްރޮޖެކްޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 26 ޑިސެމްބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅުން އޮންނާނީ 05 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330470, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
15 ޑިސެންބަރު 2022
ހޯދާ