މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޑެޕިއުޓީ މެނޭޖަރ، އިންޓެލިޖަންސް އެންޑް ރިވިއު (މެނޭޖަރ، M1)
ބޭނުންވާ އަދަދު :1
މަޤާމް :ޑެޕިއުޓީ މެނޭޖަރ، ސެކިއުރިޓީ މޮނިޓަރިންގ އެންޑް އެސެސްމަންޓް (މެނޭޖަރ، M1)
ބޭނުންވާ އަދަދު :1

މި އޮތޯރިޓީގެ ތިރީގައި މިވާ މަގާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަގާމު:

ޑެޕިއުޓީ މެނޭޖަރ،އިންޓެލިޖަންސް އެންޑް ރިވިއު (މެނޭޖަރ، M1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

ރިސްކް މެނޭޖްމަންޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް / ރިސްކް މެނޭޖްމަންޓް ޑިވިޜަން / އިންޓެލިޖަންސް އެންޑް ރިވިއު ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/10,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/6,200 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

މީރާއަށް ހުށަހަޅާ ޝަކުވާތަކާއި މީރާގެ ހިންގުމުގެ ތެރެއިން ފާހަގަކުރެވޭ ޓެކްސް ދައްކާ ފަރާތްތަކާ ގުޅުންހުރި މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުމާއި، ފާހަގަކުރެވިފައިވާ މައްސަލަތައް ވަޒަންކޮށް، ރިވިއުކުރުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާ ގުޅުންހުރި ޑިޕާޓްމަންޓަށް ފޮނުވުމާއި ޓެސްކް ނިޒާމުގައި ހުރިކަމަށް ފާހަގަކުރެވޭ ކޮންޕްލަޔަންސް ރިސްކްތައް ދެނެގަނެ، އެ ރިސްކްތައް ބަލައި ދިރާސާކޮށް، ކޮންޕްލަޔަންސް ރިސްކް މެނޭޖްމަންޓްއާ ގުޅޭ ކަންކަން ވިލަރެސްކުރުން އަދި ތަހުގީގީ އިދާރާތަކާއި އިންޓެލިޖެންސް އިދާރާތަކަށް ފޯރުވައިދޭންޖެހޭ މައުލޫމާތު ފޯރުވައިދިނުން.

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ / އޭ.ސީ.ސީ.އޭ / ސީ.އައި.އެމް.އޭ ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ / އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް / ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އޭ.ސީ.ސީ.އޭ ސްކިލް ލެވެލް ނިންމާފައިވުމާއެކު ދަށްވެގެން ސީނިއަރ ޓެކްސް އޮފިސަރ ގެ މަގާމުގައި 4 އަހަރު މީރާގައި ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން.

މަގާމު:

ޑެޕިއުޓީ މެނޭޖަރ،ސެކިއުރިޓީ މޮނިޓަރިންގ އެންޑް އެސެސްމަންޓް (މެނޭޖަރ، M1)

އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޑިވިޜަން/ސެކްޝަން:

އެންޓަރޕްރައިސް އޮޕަރޭޝަންސް އެންޑް ސެކިއުރިޓީ ޑިޕާޓްމަންޓް / އެންޓަޕްރައިޒް ސިސްޓަމްސް ސެކިއުރިޓީ ޑިވިޜަން / ސެކިއުރިޓީ މޮނިޓަރިންގ އެންޑް އެސެސްމަންޓް ސެކްޝަން

އަސާސީ މުސާރަ:

މަހަކު -/10,000 ރުފިޔާ

އިތުރު އިނާޔަތްތައް:

ނޮން-ޕްރެކްޓިސިންގ އެލަވަންސް: މަހަކު -/6,200 ރުފިޔާ

ލިވިންގ އެލަވަންސް: މަހަކު -/4,650 ރުފިޔާ

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

އެކްސްޓެންޑަޑް ޓައިމް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/80 ރުފިޔާގެ ރޭޓުން

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ފަޔަރވޯލް ލޮގްސް މޮނިޓަރ ކުރުމާއި ސެކިއުރިޓީ ރައްކައުތެރިކުރުމަށް ބޭނުންވާ ކަންކަން ބަލަހައްޓައި ސެކިއުރިޓީ ނިޒާމުގެ ވަލްނަރަބިލިޓީ އަދި އައި.ޓީ ރިސްކުތައް ދެނެގަތުމާއި އައި.ޓީ ރިސްކް ރެޖިސްޓަރ ބަލަހައްޓައި އަޕްޑޭޓްކުރުމާއި، ފާހަގަކުރެވިފައިވާ ކަންތައްތައް ރަގަޅުކުރަން އެކަމާއި ގުޅުންހުރި ސެކްޝަންތަކާއިއެކީ މަސައްކަތްކުރުން

- އޮތޯރިޓީގެ އޮޕަރޭޝަންސް، ސަރވިސަސް އަދި ފަންކްޝަންތަކަށް ބުރޫއަރާނެފަދަ ކަންތައްތައް ބަލައި ރިޕޯޓްކޮށް ސެކިއުރިޓީއާއި ގުޅުންހުރި ޕްރޮއެކްޓިވް، ޕްރިވެންޓިވް އަދި ރިއެކްޓިވް މަސައްކަތް ކުރުން

- އެކްސެސް ކޮންޓްރޯލް އަދި އިދާރާގެ ސެކިއުރިޓީ ޕޮލިސީތަކަކީ އިންޑަސްޓްރީ ސާބިތުހިފޭ ބެސްޓް ސެކިއުރިޓީ ޕްރެކްޓިސަސް އާއި އެއްގޮތަށްތޯ ބަލާ ރަގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން

- ނެޓްވޯކް އިންފްރާސްޓްރަކްޗަރގެ ހެލްތް އަދި ޓްރެފިކް މޮނީޓަރކޮށް، ސެކިއުރިޓީއާއި ގުޅުންހުރި ސިސްޓަމް ރިޕޯޓުތައް ޖެނެރޭޓްކުރުން

- ނެޓްވޯކަށް ދިމާވާ ޕޮޓެންޝިއަލް ތްރެޓްސް އާއި ސެކުރިޓީ އިންސިޑެންޓްސް ރިޕޯޓްކުރުން

- ވަލްނަރަބިލިޓީ އެސެސްމަންޓްސް އަދި ޕެނެޓްރޭޝަން ޓެސްޓުތައް ހެދުން

- ސައިބަރ ސެކިއުރިޓީ އިންޑަސްޓްރީގެ ހަބަރުތަކާއި، ތްރެޓް އިންޓެލިޖެންސް، އަދި ޑޭޓާ ސެކިއުރީ އަޕްޑޭޓްސްއާ ގުޅޭ އެލަރޓްސް ރިވިއުކޮށް ރަގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކުރުން.

- އައި.ޓީ ސެކިއުރިޓީ ޕޮލިސީތަކަށް ޢަމަލުކުރާކަން ޔަގީންކުރުން

ޝަރުޠު:

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާ މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- އައި.ޓީއާ ގުޅުންހުރި ދާއިރާއަކުން އެޑްވާސް ޑިޕްލޮމާ ނިންމާފައިވުމާއެކު މީރާގެ އައި.ޓީ ޑިޕާޓްމަންޓްގައި ދަށްވެގެން ސީނިއަރ ޓެކްސް އޮފިސަރ ގެ މަގާމުގައި 4 އަހަރު ޚިދުމަތްކޮށްފައިވުން އަދި މީރާގައި ފާއިތުވެދިޔަ 4 ކުއާޓަރުގެ އެވްރެޖް ޕަރފޯމަންސް އެޕްރައިޒަލްއިން ދަށްވެގެން %75 ލިބިފައިވުން

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
  2. ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމް ނިންމި ކަމުގެ ލިޔުންތަކުގެ (ސްކޫލް ލީވިންގ ސެޓްފިކެޓް) ކޮޕީ
  3. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ކަރިކިއުލަމް ވިޓާ (ސީވީ)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް))

ނޯޓް:

- އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުރިމަތިލާނަމަ ހުށަހަޅާ ފޯމުގައި ކުރިމަތިލާ މަގާމުތައް ބަޔާންކުރަންވާނެއެވެ.

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވާ އަދި ތައުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ. 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 28 ޑިސެންބަރު 2022 ގެ 16:00 ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އީމެއިލް އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ފޯމު މި އޮތޯރިޓީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

  

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ހޮޓްލައިން: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން، އެޕްލިކޭޝަން މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރުކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

14 ޑިސެންބަރު 2022
ހޯދާ