ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އާރ.އޯ ޕްލާންޓުން ކަނޑަށް ލޮނު ބޭރުކުރާ ހޮޅި މަރާމާތުކުރާނެ ފަރާތެއް ހޯދުމާބެހޭ

އައްޑޫ ސިޓީ ހިތަދޫ އާރ.އޯ ޕްލާންޓުން ކަނޑަށް ލޮނު ބޭރުކުރާ ހޮޅި މަރާމާތުކުރާނެ ފަރާތެއް ހޯދުމާބެހޭ

އައްޑޫ ސިޓީ ހިތަދޫ ފެންޕުލާންޓުން ކަނޑަށް ލޮނު ބޭރުކުރުމަށް އަޅާފައިވާ ހޮޅި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 02 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް، ނުވަތަ މިކުންފުނީގެ އައްޑޫ ސިޓީ ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 11:00ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް، ނުވަތަ މިކުންފުނީގެ އައްޑޫ ސިޓީ ހިތަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލޭގައިވާ ހެޑްއޮފީހާއި އައްޑޫ ސިޓީ ހިތަދޫ ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

05 ޞަފަރު 1436

27 ނޮވެންބަރު 2014
ހޯދާ