ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވީޑިއޯ ކޮންފަރެންސިންގ ސިސްޓްމްއެއް ހޯދުން

މިއޮތޯރިޓީ އަށް ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމެއް ހޯދުމަށް، ކުރި ނަންބަރު: (IUL)179-3.3/1/2022/35 (12 ސެޕްޓެމްބަރު 2022) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

މި އޮތޯރިޓީއަށް ތިރީގައިމިވާ އައިޓަމް ފޯރުކޮށްދީ އެ ތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

ބާވަތް: ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް

 

ޢަދަދު:  1 (އެކެއް)

 

މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޓެޗްމަންޓްގައިވާ ޓީ.އޯ.އާރާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބާއެކު އެޓެޗްމްންޓްގައިވާ ޗެކް ލިސްޓް ފުރިހަމަކުރައްވަންވާނެއެވެ.

އަދި މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ނޮވެންބަރު 2022 ވަނަ ދުވަހު ހެނދުނު 11:00އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު ހެނދުނު 10:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަވެސް ދެންނެވީމެވެ.

 

މި ބިޑާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ 7 ނޮވެންބަރު 2022 ވަނަ ދުވަހު 12:00 ގެ ކުރިން [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަދި ސުވާލުތަކަށް ދެވޭ މަޢުލޫމާތު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިއުކެރެވޭނެ އެވެ.

 

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ އެޑްރެސް

 

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، މއ. އުތުރުވެހި 5 ވަނަ ފަންގިފިލާ

ކެނަރީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3336619  

އީމެއިލް: [email protected] 

ވެބްސައިޓް: www.cmda.gov.mv

30 އޮކްޓޫބަރު 2022
ހޯދާ