ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސެކިއުރިޓީ ރޫމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

ފ.އަތޮޅު ތަޢުލީމީ މަރުކަޒު

  ނިލަންދޫ

  ދިވެހިރާއްޖެ

 

 

                              ނަންބަރ: (IUL)GS-37-B/GS-37/2022/18 

އިޢްލާން

ބީލަން ހުށަހެޅުމުގެ ދައުވަތު

ސެކިއުރިޓީ ރޫމެއް ޢިމާރާތްކުރުން

  1. މި މަރުކަޒުގެ ނަންބަރު: (IUL)GS-37-B/GS-37/2022/15  (30ނޮވެންބަރު2022) އިޢުލާނާއި ގުޅިގެން ލިބިފައިވާ ބީލަންތަކުގެ އަގު ބޮޑު ވުމާއެކު އެ އިޢުލާނު ބާޠިލުކޮށް މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ސެކިއުރިޓީ ރޫމެއް ޢިމާރާތްކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ބީލަން ހުޅުވާލެވިފައިވަނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު : 2014/18 )ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު : 2014/19 )ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022ޑިސެންބަރު 18 ން 2022 ޑިސެމްބަރު 25 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 12:00މި ސްކޫލަށްދުރުވެ، ނުވަތަ 7952909 ނަންބަރ ފޯނަށް ގުޅުއްވައި، ނަންނޯޓް ކުރެއްވުން އެދެމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
  3. މިޕްރޮޖެކްޓާ ބެހޭގޮތުން ޕްރީބިޑް މީޓިންގއެއް ނޯންނާނެއެވެ. އިތުރު މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި ސްކޫލަށް ދުރުވެ، ނުވަތަ 7952909 ނަންބަރ ފޯނަށް ގުޅުއްވައިގެން، މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
  4. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2022ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ10:30ގައި ފ. އަތޮޅުތަޢުލީމީ މަރުކަޒުގެ އޮފީހުގައެވެ.
  5. މި އިއުލާނާއިގުޅޭ މަޢުލޫމާތާއި އެހެނިހެން ލިޔުންތައް މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

21 ޖުމާދަލްއޫލާ 1444

15  ޑިސެންބަރު 2022

15 ޑިސެންބަރު 2022
ހޯދާ