ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ީބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިންސްޓިޓިއުޓުގެ ވެބްސައިޓް އިގިރޭސި އަދި ދިވެހި ވާރޝަން ހިމެނޭގޮތަށް ފަރުމާކޮށް 05 އަހަރު ދުވަހަށް ހޮސްޓްކޮށް މެއިންޓެއިންސް ކޮށްދޭނެ ފަރާތެއް ހޯދުމަށް 29/1/ (IUL)451-FPނަމްބަރު އިޢުލާން އިން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚްގައި މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ. ބީލަމާއިބެހޭ އިތުރު މަޢުލޫމާތު ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މަޢުލޫމާތު ސާފްކުރުމާއި ނަން ނޯޓްކުރުން އޮންނާނީ 2022 ޑިސެމްބަރ 20 ވަނަ ދުވަހު 10:00 ގައި ސްޓަރކުލައުޑް ބިލްޑިންގ (މ. ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެމްބަރު 25 ވަނަ ދުވަހު 10:00 ގައި ސްޓަރކުލައުޑް ބިލްޑިންގ (ޗަނބޭލީވިލާ) ހަތްވަނަ ފަންގިފިލާގައެވެ.
- މި ޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
- ސްޓަރ ކުލައުޑް ބިލްޑިންގ (މ. ޗަނބޭލީވިލާ) 07ވަނަ ފަންގިފިލާ މަޖީދީމަގު، މާލެ، ދިވެހިރާއްޖެ.
- ފޯން: 3023511
އީ.މެއިލް: [email protected]
- މިމަސައްކަތާއި ގުޅޭ ބީލަންފޮތް އަދި އިތުރު ލިޔުންތައް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައިނުވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3023511
ނަމްބަރ ފޯނާއެވެ.
15 ޑިސެންބަރު 2022
ހޯދާ