ދިވެހިރާއްޖެ
މަޤާމު: ޖޫނިއަރ މެކޭނިކް ގރ.1 (ރެފް މެކޭނިކް)
ބޭނުންވާ އަދަދު: 01
ބޭސިކް މުސާރަ : -/3465 ރުފިޔާ
ސަރވިސް އެލަވަންސް: 1039/50 ރުފިޔާ
އެޓެންޑެންސް އެލަވަންސް: -/1200 ރުފިޔާ (ހާޒިރުވާ ކޮންމެދުވަހަކަށް -/40 ރުފިޔާ)
އޮޕަރޭޝަނަލް އެލަވަންސް: -/1386 ރުފިޔާ (ބޭސިކް މުސާރައިގެ %40)
ވަޒީފާ އަދާކުރާ ތަން: ކަނޑުއޮތްގިރި ފިޝްވިލެޖް
މުސާރައިގެ އިތުރުން ކެއުމާއި ނިދުމުގެ އިންތިޒާމު ކަނޑުއޮތްގިރީގައި ހަމަޖައްސައިދެވޭނެއެވެ.
ޝަރުޠު:
1- ރެފްރިޖަރޭޝަނުގެ ދާއިރާއިން ސެޓުފިކެޓު ލެވެލް ނުވަތަ އެޑްވާންސް ލެވެލްގެ ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
އިންޓަރވިއު ކުރުން.
ހ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ށ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި
ނ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ރ- ވަޒީފާއަށް ކުރިމަތިލާ ހުށަހަޅާ ސިޓީ
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަން ކައުންޓަރަށް.
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 26 ނޮވެންބަރު 2014 ވަނަ ދުވަހުގެ 12:00 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮފީހުގެެ ނަންބަރު 3323932 ފޯނަށް ގުޅުއްވުން އެދެމެވެ.