ދިވެހިރާއްޖެ
ބަނޑިދޫ އައުޓްޑޯ ޖިމް މިކައުންސިލުން ދީފައިވާ ކުރެހުމާއި އެއްގޮތަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (IUL)376/376/2022/64 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑު ހުށަހަޅާފައިނުވާތީވެ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މިމަސައްކަތްކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރީވުމަށްއެދި މި ކައުންސިލަށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 29 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 21 ޑިސެމްބަރ 2022 ވަނަދުވަހުގެ 11:00 ގެ ކުރިން 9650005/7992129 އަށް ގުޅައިގެން ނުވަތަ [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. ވީމާ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.