މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު/ މުދިމު

މަޤާމު

އިމާމު/ މުދިމު

އަތޮޅާއި ރަށް

މާލެއަތޮޅު / ހުރާ

މަޤާމުގެ ޢަދަދު

1 (އެކެއް)

މަސައްކަތް ކުރާ ތަން

ހުރާ ގެ މިސްކިތްތަކަށް

މުސާރަ

އިމާމު  4465.00 ރުފިޔާ، މުދިމު 3565.00 ރުފިޔާ

ސަރވިސް އެލަވަންސް

1500.00 ރުފިޔާ

އިމާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް1

މުދިމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް އޮފިސަރ ގްރޭޑް1

ރޭންކް

އިމާމު ޖީ.އެސް3، މުދިމު ޖީ.އެސް1

ސެކްޝަން

ހުރާ ކައުންސިލް އިދާރާގެ / އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް

އެހެނިހެން އެލަވަންސް

ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް ހަމަޖެހިފައިވާ ޤަވާޢިދުގެ މަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ރަށު ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ މިސްކިތެއްގައި ފަރުޟު ފަސްނަމާދު ކޮންމެ ނަމާދުވަގުތެއްގެ ގަޑިޖެހުމުގެ 15މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައް ބަލާ ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުމާއި ފަރުޟު ފަސްނަމާދު ވަޤުތުގައި ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުން.
  • މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އަންގާ އެކަން ރަނގަޅުކުރެވޭތޯ  ބެލުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ކައުންސިލުގެ އިދާރާއަށް އަންގައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަށު ކައުންސިލުން އަންގައިފި ހިނދެއްގައި އިމާމުވެ ކޭތަނަމާދާއި ޢީދުނަމާދާއި ހުކުރު ނަމާދުކުރުން.
  • މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދާއި ކަށުނަމަދުކުރުން.
  • މިސްކިތުގެ މަސައްކަތުމީހުން މަސައްކަތްކުރާ ނުކުރާގޮތް ބަލައި ކައުންސިލުން އަންގާ ގޮތެއްގެމަތިން އެމީހުންލައްވާ މަސައްކަތް ކުރުވުން.
  • މިސްކިތު މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްގައިނަމަ މިސްކިތު އިމާމު މިސްކިތްތެރެ ސާފުކުރުމާއި ނަމާދުކޮށް ނިމިގެންދަމުން ބޮކި، ހޮޅިބުރި އާއި ފަންކާ ނިއްވުމާއި މިސްކިތުގެ ދޮރުތައް ލެއްޕުން.
  • މިސްކިތުގައި ދީނީ ދަރުސްތައް ދިނުންފަދަ ޕްރޮގްރާމްތައް ހިނގާނަމަ އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރި ކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  • މިސްކިތުގެ ގޯތިތެރޭގައި ގަސްއިންދާ ގަސްތަކަށް ފެންދީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުން.
  • މިސްކިތާބެހޭގޮތުން ރައްޔިތުންކުރާ ޝަކުވާގެ އަޑުއަހާ އެޝަކުވާތައް ކައުންސިލަށް ހުށަހަޅައިގެން ޙައްލުކުރުމަށް މަސައްކަތް ކުރުން.
  • ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ

ތާރީޚް

02 ޑިސެންބަރު 2014 ވާ (އަންގާރަ) ދުވަހުގެ މެންދުރު 30-12ގެ ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ) އަށެވެ. އިންޓަރވިއުއާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އިމްތިޙާނުކުރުން ބޭއްވޭނީ 03 ޑިސެމްބަރ  ދުވަހު މާލެއަތޮޅު ހުރާ ކައުންސިލް އިދާރާގައެވެ.

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • މުދިމުކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލު ކޮށްފައިވުން.

މުދިމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖްވީދުމަގުން ކީރިތި ޤުރުއާން ކިވަން އެނގޭތޯ ބެލުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން، ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

މުދިމު ކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖްރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ މުދިމު ކަމުގެ މަޤާމަށް މީހަކު ހޮވާނީ މުދިމު ކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތަކަށެވެ.

ހުށަހަޅަންޖެހޭ ތަކެތި

  1. ވަޒިފާއަށް އެދި ހުށަހަޅާ ސިޓީ / ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ.)
  2. އައިޑީ ކާޑު (ކިޔަންއެނގޭ ސޮފްޓް) ކޮޕީ
  3. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަސްލާއެކު
  4. ސްކޫލެއްގައި އުޅެފައިވާ ނަމަ ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  5. ވަޒިފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  6. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ސިވިލްސަރވިސް ކޮމިޝަންގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

މި އިޢުލާނާ ގުޅިގެން މަޢްލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6640074 ފޯނު ނުވަތަ 7752778 ފޯނާއެވެ. ފެކްސް ނަމްބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

19 ނޮވެންބަރު 2014
ހޯދާ