ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވާލެމެވެ. މިވަޒީފާތަކަށް ބޭނުންވަނީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ބޭނުންވާ އަދަދު

ރިސެޕްޝަނިސްޓް

02

  • މަޤާމުގެ ނަން: ރިސެޕްޝަނިސްޓް

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމު އޮތް ތަން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލުގެ ރިސެޕްޝަން ކައުންޓަރުގައި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރުން، މެމޯ ދޫކުރުމާއި، ބަލިމީހުނާ ގުޅޭ ލިޔެކިޔުންތަކާއި، ކައުންޓަރަށް ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް ބަލައިގަނެ ދޫކުރަންޖެހޭ ލިޔެކިޔުންތައް ދޫކުރުން އަދި ގަވާއިދުން ފައިލްކޮށް ބެލެހެއްޓުމާއި، ފޯނުކޯލްތަކަށް ޖަވާބުދާރީވުން.

ޝަރުޠު

މަޤާމުގެ މަސައްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ބޭނުންވާ އަދަދު

ތަރުޖަމާނު

04

  • މަޤާމުގެ ނަން: ތަރުޖަމާނު

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމު އޮތް ތަން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

އާންމު ގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ބަސްތަރުޖަމާކުރުމާއި، މެޑިކަލް ރެކޯޑްސް ތައް އެންޓަރކުރުން އަދި ކޮސަލްޓޭޝަން ރޫމްތައް ތައްޔާރުކުރުން. (މަސައްކަތް އޮންނާނީ ޝިފްޓް ޑިއުޓީ އުސޫލުން )

ޝަރުޠު

މަޤާމުގެ މަސައްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމު

ބޭނުންވާ އަދަދު

ކޭޝިއަރ

02

  • މަޤާމުގެ ނަން: ކޭޝިއަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

މަޤާމު އޮތް ތަން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

އާންމުގޮތެއްގައި މަސައްކަތް ކުރަންޖެހޭތަން

ލ.ގަމު ރީޖަނަލް ހޮސްޕިޓަލް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ހޮސްޕިޓަލުގެ ރިސެޕްޝަނުގައި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރުމާއި، ފައިސާ ބަލައިގަތުމާއި، ފައިސާގެ ބިލުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތައްކަށް ގަވައިދުން ފޮނުވުން.

ޝަރުޠު

މަޤާމުގެ މަސައްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

  1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭފޯމު ކޮންމެ ދުވަހެއްގެ ރަސްމީގަޑީ ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ވަނަވަރު
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ
  5. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް. 
  6. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)
  7. ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުޥައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެއްކަމަށް، އެ މުޥައްޒަފު ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ލިޔުމެއް.

ސުންގަޑި

27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6800026 އެވެ. އިންޓަވިއު ކުރިޔަށްދާނެ ތާރީޚެއް އިޢުލާނު މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 2 ހަފްތާގެ ތެރޭގައި ލިޔުމުން އެންގޭނެއެވެ. މިހޮސްޕިޓަލުން 09 ނޮވެންބަރު 2014 ގައި ކޮށްފައިވާ (A)A-2014/18 އިއުލާނު ފުރިހަމަ ނުވާތީ އެ އިއުލާނު ބާޠިލު ކުރި ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިންޓަވިއުއަށް ހާޒިރުވެލައްވާއިރު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓަތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

19 ނޮވެންބަރު 2014
ހޯދާ