ދިވެހިރާއްޖެ
އައު ސްކޫލު އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ހުރި ރައްޔިތުންގެ ރުއްގަހުގައި ޖެހުމަށް ކޮށްފައިވާ ނަންބަރު (IUL)259/2022/86 (09 ނޮވެންބަރު 2022) އިޢުލާނާ ޙަވާލާދީ، މި ސަރަޙައްދަށް އަރާފައިވާ ރުއްގަސްތަކުގެ ލިސްޓް ޢާންމުކުރަމެވެ.
މި ލިސްޓާމެދު ޝަކުވާއެއް އޮތްކަމުގައިވާނަމަ، 18 ޖެނުއަރީ 2022 ދުވަހުގެ 12:00 ގެ ކުރިން ކައުންސިލް އިދާރާއަށް ލިޔުމުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ދަންނަވާފައިވާ މުއްދަތު ހަމަވުމުގެ ކައުންސިލްއިން ޢާންމުކޮށްފައިވާ ލިސްޓްގައިވާ ފަރާތްތަކުގެ ރުއްގަހުގެ ބަދަލުގެ ކަންތައް ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ހަމަޖެއްސުމަށް ފަހު، ރުއްގަސް ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މުއްދަތުގައި ޝަކުވާ ހުށަހަޅާފައިނުވާ ރުއްގަހާމެދު ޤާނޫނު ނަންބަރު 98/21 (މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު) ގެ ދަށުން ޢަމަލުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.