ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެދަށުން ރާއްޖޭގެ 4 ސަރަހައްދެއްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއަށް ކޮންޓްރެކެޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް 4 ރެސިޑެންޓް ސިވިލް އިންޖިނިއަރުން ހޯދުމަށް ބޭނުންވެއެވެ. މި މަޝްރޫޢާ ގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.
ސައިޓް އޮފީސް ޤާއިމުވެފައި ހުންނަ ރަށް |
ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް |
|
ގދ.ތިނަދޫ |
ގދ.ތިނަދޫ، ގދ.މަޑަވެލި، ގދ.ހޯޑެއްދޫ،ގދ.ގައްދޫ އަދި ގއ.ވިލިނގިލި |
|
ސ.ހިތަދޫ |
ސ.ހިތަދޫ އަދި ސ.ހުޅުމީދޫ |
|
ޏ.ފުވައްމުލައް |
ޏ.ފުވައްމުލައް |
|
ކ.ހުޅުމާލެ |
ކ.ހުޅުމާލެ |
ފެންވަރު ނުވަތަ ޝަރުޠު:
- ސިވިލި އިންޖިނިއަރިންގ އިން ޑިގްރީ ހާސިލުކޮށް މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
- ސިވިލް އިންޖިނިއަރިންގ އިން ޑިޕްލޮމާ ހާސިލުކޮށް މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.
- ދިވެހިބަހާއި އިގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
- އޮޓޯކެޑް އަދި މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގްރާމްތައް ރަނގަޅަށް އެނގުން.
މި މަޤާމުތަކަށް ހޮވޭފަރާތްތަކުން މަސައްކަތް ހިނގަމުންދާ ގޮތް ބެލުމަށްޓަކައި ހައުސިންގ ޔުނިޓްތައް އިމާރާތްކުރެވޭ އެހެނިހެން ރަށްތަކުގައި ކަނޑައެޅޭ މުއްދަތަކަށް ޤާއިމުވެ ހުންނަންޖެހިދާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ޑިސެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖްރިބާއާއި ޤާބިލުކަން އަންގައިދޭ އެންމެހައި ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ
ފޯން: 3004153 / 3004300
ފެކްސް: 3004301
އީމެއިލް: [email protected]
ވެބްސައިޓް: www.housing.gov.mv