ދިވެހިރާއްޖެ
އިޢުލާން
މިއީ ފ. މަގޫދޫ ސްކޫލުގައި ގުދަނެއް ހެދުމުގެ މަސައްކަތް ކުރަން ބޭނުންވާތީ، އެ މަސައްކަތް ކުރުމަށް އެދި ކުރާ އިޢުލާނެކެވެ.
1 ފ.މަގޫދޫ ސްކޫލުގައި ގުދަނެއް ހެދުމުގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 ޑިސެމްބަރ 2022 ން 18 ޑިސެމްބަރ 2022 އަށްބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ މި ސްކޫލްގެ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 19 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:30 ގައި ފ.މަގޫދޫ ސްކޫލްގެ އޮފީހުގައެވެ.
5 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 13:30 ގައި މަގޫދޫ ސްކޫލްގެ އެވީ ރޫމްގައެވެ.
6 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7 ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މަގޫދޫ ސްކޫލް
އަމީނީމަގު، ފ.މަގޫދޫ، ދިވެހިރާއްޖެ.
ފޯން: 7952912
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: -