މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލައް ކުޑަކުދިންގެ ޕާކު ހަދައިދޭނެ ފަރާތެއް ހޯދުން

މުލަކަތޮޅު މުލަކު ކުޑަކުދިންގެ ޕާކު  ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

މިއީ މިމަސައްކާތާއި ގުޅިގެން ކުރެވުނު 2 ވަނަ އިޢުލާނެވެ. މިމަސައްކަތައް ކުރާނެ ފަރާތެއް ހޯދުމަށް  މިއިދާރާއިން ކުރެވުނު އިޢުލާން ނަންބަރ  (IUL)364-A/364/2022/10 އާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީވެ އެއިޢުލާން ބާތިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2022 ޑިސެމްބަރ 13 ން 2022 ޑިސެމްބަރ 18 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

  • "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:  https://forms.gle/RraXSraNeLLSjjT3A

 

މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބަރ 18 ވަނަ ދުވަހުގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.

މި ޕްރޮޖެކްޓާއި ގުޅޭ ޕްރީބިޑް މިޓީން 2022 ޑިސެމްބަރ 19 ވަނަ ދުވަހުގެ 10:00 ގައި މުލަކު ކައުންސިލުގެ ޖަލްސާ ކުރާމާލަމުގައި އޮނާނެއެވެ.

 

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެމްބަރ 25 ވަނަ ދުވަހުގެ 10:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

މިޕްރޮޖެކްޓާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ޕްރޮކިއުމަންޓް ޔުނިޓް

  • މުލަކަތޮޅު މުލަކުކައުންސިލް އިދާރާ
  • މ. މުލައް
  • ފޯން:  9682182 / 6723713
  • އީމެއިލް: [email protected]

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

13 ޑިސެންބަރު 2022
ހޯދާ