ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް 10 އޯޑިއޯ ވިޝުއަލް ކޮންފަރެންސިންގ ސިސްޓަމް ހޯދުމާއި މަލްޓި ޕާޓީ އޯޑިއޯ ވިޝުއަލް ކޮންފަރެންސް އަދި ޓްރެއިނިންގ ރޫމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީއަށް 10 އޯޑިއޯ ވިޝުއަލް ކޮންފަރެންސިންގ ސިސްޓަމް ހޯދުމާއި މަލްޓި ޕާޓީ އޯޑިއޯ ވިޝުއަލް ކޮންފަރެންސް އަދި ޓްރެއިނިންގ ރޫމެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2014/220) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
27 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
01 ޑިސެންބަރު 2014 (ހޯމަ) ދުވަހުގެ 14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.
01 ޞަފަރު 1436