ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހަކު ބޭނުންވެއްޖެ.
|
|
މަޤާމު
|
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ.އެސް. 1 / އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
|
|
ބޭނުންވާ އަދަދު
|
01
|
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި، ޔުނިޓް
|
ރީޖަނަލް ސެކްޝަން / ޕަބްލިކް ވަރކްސް ސަރވިސަސް / ލ. ފޮނަދޫ ސައިޓް
|
|
މުސާރައާއި ޢިނާޔަތްތައް
|
މުސާރަ: -/3,565 ރ.
ސަރވިސް އެލަވަންސް: -/1,500ރ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީ ފައިސާ ދެވޭނެ.)
|
|
ޝަރުޠު
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
- ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.
|
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ސައިޓް އޮފީހަށް އަންނަ ހުރިހާ ލިޔެކިޔުމާއި ތަކެތި ބަލައިގަނެ، ލިޔެކިޔުންތައް އެންޓްރީކޮށް ޙަވާލުކުރަންޖެހޭ ފަރާތްތަކަށް އެތަކެތި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ޙަވާލުކުރުން.
- ސައިޓް އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދިނުމާއި، ގުޅާފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ސައިޓް އޮފީހަށް މަޢުލޫމާތު ސާފުކުރުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން.
- ސައިޓް އޮފީހުގެ ޔައުމިއްޔާ ލިޔެ ތައްޔާރުކުރުން.
- ސައިޓް އޮފީހަށް ލިބޭ ލިޔުންތަކާއި ފޮނުވޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ސައިޓް އޮފީހުގައި ކުރާ އެކިއެކި މަސައްކަތަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކުއެސްޓް ފޯމް ހެދުމާއި، ސްޓޭޝަނަރީ ސްޓޮކް ބެލެހެއްޓުން.
- ސައިޓް އޮފީހުން ފޮނުވާ ނޯޓް، ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން.
- ސައިޓް އޮފީހަށް އިދާރީގޮތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- ސައިޓް އޮފީހުގެ މުވައްޒަފުންގެ ޙާޒިރީ، ޗުއްޓީއާ ބެހޭ ކަންތައްތައް ބެލެހެއްޓުން.
- އިތުރުގަޑީގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެކޯޑްސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މީގެ އިތުރުން ކުރަންޖެހުނު ސައިޓްގެ ކަމެއް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން
|
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސަރވިސަސްގެ ނަންބަރު 3323537 އަށް ގުޅުއްވުން އެދެމެވެ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
1. ތައުލީމާއި ތަމްރީން.
2. މަސައްކަތުގެ ތަޖުރިބާ.
3. އިންޓަރވިއު.
4. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
6. މާލިއްޔަތު ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއް ކަމުގައިވުން.
|
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ޕަބްލިކް ވަރކްސް ސަރވިސަސް (އަމީނީމަގު، މާފަންނު / މާލެ) ، ލ. ފޮނަދޫ ސައިޓް ނުވަތަ ލ. އަތޮޅު ކައުންސިލް އިދާރާއަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 4 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން.
|
|
އިންޓަރވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ ޑިސެންބަރު 2014- ޖަނަވަރީ 2015 އާ ދެމެދުގެ ތާރީޚެއްގައި މިސަރވިސަސް ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
|
ހުށަހަޅަންޖެހޭ ތަކެތި:
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ވަރކްސް ސަރވިސަސްގެ މާލެ އޮފީހުން، ޕަބްލިކް ވަރކްސް ސަރވިސަސްގެ ލ. ފޮނަދޫ ސައިޓުން އަދި ލ. އަތޮޅު ކައުންސިލްގެ އިދާރާއިންނެވެ.)
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
26 މުޙައްރަމް 1436
|