ދިވެހިރާއްޖެ
ނަންބަރު: GS132/2022/17
އިޢުލާން
ނީލަން ކިޔުން
މިސްކޫލުގައި ހުރި ބައު ތަކެތި ނީލަން ކިޔުމާއި ގުޅޭ
މިސްކޫލުގައި ހުރި ތިރީގައި މިދަންނަވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
1 . 1 ޓީޗަރ ޓޭބަލް
2 . 2 އަތްގަނޑުލީ ގޮނޑި
3 . 10 ޑެސްކު
ވީމާ، މި ތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 23 ޑިސެންބަރ 2021 ވާ ހުކުރު ދުވަހުގެ 16:00 އަށް މިސްކޫލަށް ވަޑައިގެން މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ. މިނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ނީލަން ނިމޭތާ 5 ދުވަސްތެރޭގައި ނީލަން ކާމިޔާބު ކުރެއްވިފަރާތުން، ތަކެތި ގެންދަވަން ވާނެއެވެ. މިމުއްދަތުގައި ތަކެތި ނުގެންދެވައިފިނަމަ ނީލަން ބާތިލްކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެ ކަމުގައި ދެންނެވީމެވެ .
ނޯޓް: ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 25 ޑިސެންބަރ 2022 ވާ އާދިއްތަދުވަހު 08:00 ން 14:00 އަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ، 6600315 ނަންބަރު ފޯނާއެވެ.
19 ޖުމާދުލް އާޙިރު 1444
13 ޑިސެންބަރު 2022