މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ކަނޑުމަގުން ގެންނަ ކާރގޯ ކަސްޓަމްސްއިން ކްލިއަރކޮށްގެން ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

އެމް.ޑަބްލިޔޫ.އެސް.ސީ ގެ ފަރާތުން ކަނޑުމަގުން ގެންނަ ކާރގޯ، ކަސްޓަމްސްއިން ކްލިއަރކޮށްގެން ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުން - ރިޓެންޑަރ

މިކުންފުނީގެ ފަރާތުން ކުރި އިޢުލާން ނަންބަރު:MWSC-61/ADV/2014/091 ގެ ދަށުން އެކަށީގެންވާ ހުށަހެޅުންތަކެއް ލިބިފައިނުވާތީ، އެހުށަހެޅުންތައް ބާޠިލުކޮށް، އަލުން މިކުންފުނީގެ ފަރާތުން ކަނޑުމަގުން ގެންނަ ޝިޕްމަންޓްތައް ކަސްޓަމްސްއިން ކްލިއަރ ކޮށްގެން އެމް.ޑަބްލިޔޫ.އެސް.ސީ މާލެ، ހުޅުމާލެ، ވިލިނގިލި އަދި ގުޅިފަޅުގެ ސައިޓްތަކަށް ޑެލިވަރ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 300.00ރ އެވެ.

ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 24 ނޮވެންބަރު 2014 އިން 30 ނޮވެންބަރު 2014 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހުގެ 04:00 އަށް އެމް.ޑަބްލިޔޫ.އެސް.ސީ (ނިކަގަސް ހިނގުން) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 02 ޑިސެންބަރު 2014 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގގެ 5 ވަނަ ފަންގިފިލާއިންނެވެ. ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ 04 ޑިސެންބަރު 2014 ވާދުވަހުގެ 11:00 ގައެވެ. އަދި ބިޑް ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚަކީ 11 ޑިސެންބަރު 2014 ވާ ދުވަހުގެ 11:00 އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށަހަޅާއިރު -/5000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަނެވޭނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓަރއެވެ. 

ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

24 ނޮވެންބަރު 2014
ހޯދާ