ދިވެހިރާއްޖެ
މިރަށުގެ މިސްކިތްތަކުގެ މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެމަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.
- ބޭނުންވާ މަޤާމްތައް:
- އިމާމް / މުދިމް
- މަސައްކަތު
- މުއްދަތު:
- އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 31 ޑިސެމްބަރ 2023 އަށް
- މަސައްކަތްކުރައްވަންޖެހޭ މިސްކިތް:
- މިރަށުގެ މިސްކިތްތަކުގެ ތެރެއިން މިއިދާރާއިން ކަނޑައަޅާ މިސްކިތެއްގައި
މަޤާމްގެ ޝަރުޠާއި މުސާރަ:
# |
މަޤާމް |
ވަޒީފާގެ ޝަރުޠު |
އުޖޫރަ ދެވޭ ގޮތް |
1 |
އިމާމް |
މުދިމްކަމުގެ ސަނަދެއް ލިބިފައިވުން ނުވަތަ ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ ދީނީދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 03 ގެ ސަނަދެއް ޙާސިލްކޮށްފައިވުން |
61.00 (ފަސްދޮޅަސް އެއް ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް
|
2 |
މުދިމް |
ޤުރްއާން ރީއްޗަށް ކިޔަވަންއެގުމާއި، ބަންގި ގޮވުމާއި، ނަމާދުކުރަން އެނގޭ ފަރާތަކަށްވުން |
53.00 (ފަންސާސް ތިން ރުފިޔާ) ނިކުންނަވާ ކޮންމެ ނަމާދު ވަގުތަކަށް |
3 |
މަސައްކަތު |
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ ގްރޭޑް 6 ނިންމާފައިވުން. |
45.00 (ސާޅިސް ފަސް ރުފިޔާ) މަސައްކަތްކުރައްވާ ކޮންމެ ގަޑިއިރަކަށް |
ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ޑިސެމްބަރ 2022 ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީވުމަށް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540045 ފޯނާއި ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.