މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައު "މެރިން ފަޔަރ ސްޓޭޝަން"ގެ ޖެޓީ އާއި ހިޔާވެހިތައް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 އައު "މެރިން ފަޔަރ ސްޓޭޝަން"ގެ ޖެޓީ އާއި ހިޔާވެހިތައް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

     މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގެ އައު "މެރިން ފަޔަރ ސްޓޭޝަން"ގެ ޖެޓީތަކާއި ހިޔާވެހިތައް، މި ކުންފުނިން ދޭ މިންގަނޑުތަކާއި/ކުރެހުމާއި އެއްގޮތަށް ފަރުމާކޮށް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: 116-F7/IL/2022/426 އިއުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ. އެގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި، "ޝޭޑް"، "ފްލޯޓިން ޑޮކް ސިސްޓަމް"، އަދި "ރެސްކިއު ބޯޓް މެއިންޓަނަންސް ޑޮކް" ފަރުމާކޮށް، ފެބްރިކޭޓްކޮށް، ސަޕުލައިކޮށް ހަދައިދިނުންފަދަ މަސައްކަތްތައް ހިމެނެއެވެ.

     މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން، ސިޓީ، ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮއްދެއްވަން ވާނެއެވެ.މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

     މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'ނެޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ'ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންވާނެއެވެ.

     ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޖަނަވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2023 ޖަނަވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

     ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

12 ޑިސެންބަރު 2022
ހޯދާ