ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޑަކުދިންގެ ވޯރޑްގައި ޕާރޓިޝަން ޖެހުން ( 2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން )

ކުޑަކުދިންގެ ވޯރޑް ހެދުން

29 ނޮވެންބަރު 2022 ގައި ކުރެވުނު ނަމްބަރ (IUL)LHAH-AH/LHAH/2022/84 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްހުށަހަޅުއްވާފައި ނުވާތީ 2 ވަނަ ފަހަރަށް ކުރެވޭ އިޢުލާން

 

މިހޮސްޕިޓަލުން ދޭ މަޢްލޫމާތާއި ކުރެހުމާއި އެއްގޮތަށް . މިހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގެ ވޯރޑްގައި އެލްމެނިއަމް ޕާރޓިޝަން ޖަހާ އެއަރކޯން ކުރުމަށް ބޭނުންވެއެވެ.

 

            ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަވްޤުވެރިވާ  ފަރާތްތަކުން 12 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

 

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

 

            މި އިޢުލާނާއި ގުޅޭގޮތުން ހުށަހަޅާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޑިސެންބަރު 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.

 
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 20 ޑިސެންބަރު 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620150 އަށް ގުޅުއްވުން އެދެމެވެ. 

12 ޑިސެންބަރު 2022
ހޯދާ