ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޢަފީފުއްދީން ސްކޫލް ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ކޮންޓްރެކްޓް އުސޫލުން މީލާދީ 1 ( އެކެއް) އަހަރު މުއްދަތަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2022 ޑިސެންބަރު 12 އިން 19 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޢަފީފުއްދީން ސްކޫލުގައި ނަންނޯޓުކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ2022 ޑިސެންބަރު 19 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
- ބިޑް ހުށައަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުމެއް އަރާކަމެއްވާނަމަ ސާފުކުރުމަށް ފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2022 ޑިސެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޢަފީފުއްދީން ސްކޫލުގައެވެ.
- ނޯޓް: ބީލަން ހުށައެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- ޢަފީފުއްދީން ސްކޫލު / ހދ. ކުޅުދުއްފުށި
- ފޯން: 6528046 ، 6528041
- އީމެއިލް: [email protected]
12 ޑިސެންބަރު 2022
ހޯދާ