ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
5 ކުލާސްރޫމް ހޯލް އިމާރާތުގައި ކުލައާކުރުން
5 ކުލާސްރޫމް ހިމެނޭ ހޯލް އިމާރާތުގައި ކުލައާކުރުން
މިސްކޫލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މި ސްކޫލްގެ 5 ކުލާސްރޫމް ހިމެނޭ ހޯލް އިމާރާތުގައި ކުލަ އާކުރުމުގެ މަސައްކަތްކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ޑިސެމްބަރ12 ން އިން 2022 ޑިސެމްބަރ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ މެއިލް މެދުވެރިކޮންނެވެ.
- އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން (ކުންފުނީގެ ނަން):
ރަޖިސްޓްރީ ނަންބަރު (ކުންފުނީގެ):
އީމެއިލް އެޑްރެސް:
ގުޅޭނެ މޯބައިލް ނަންބަރު:
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ޑިސެމްބރ 19 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި ސުކޫލަށް ހުށަހަޅުއްވަން ވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ޑިސެމްބަރ 20 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި މިސްކޫލްގެ އޮފީހުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެމްބަރު 25 ވަނަ ދުވަހުގެ މެންދުރު 11:00 ގައި މިސްކޫލްގެ އޮފީހުގައެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.
އިއުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7952904 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.
12 ޑިސެންބަރު 2022
ހޯދާ