ދިވެހިރާއްޖެ
ނ. މަނަދޫ މަސްޖިދުލް އަމާންގެ އަންހެނުން ބައި އިމާރާތުގެ ފުރާޅާއި ދިޔަދޮވި ބަދަލުކޮށްދޭނެ ފަރާތެއް ހޯދުން
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ނ. މަނަދޫ މަސްޖިދުލް އަމާންގެ އަންހެނުން ބައި އިމާރާތުގެ ފުރާޅާއި ދިޔަދޮވި ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިންނ. މަނަދޫ ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރަންވާނެއެވެ. ރަޖިސްޓްރީ ކުރެއްވުމަށް 6560029 ނަމްބަރއަށް ގުޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މަސައްކަތާއި ގުޅޭ މައުލޫމާތު ދިނުން 19 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 13:15 ގައި މިއިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، 28 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:15 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަންބަޔާންކޮށް ސިޓީއެއް އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
12 ޑިސެމްބަރ 2022