ދިވެހިރާއްޖެ
މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރ: (IUL)261/261/2022/34 (08 ޑިސެމްބަރ 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވި 4 ފަރާތުގެ ތެރެއިން ރަނގަޅަށް އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ 2 ފަރާތުންކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިއިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަންބަރ ފޯނަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ [email protected] އަށް މެއިލް ކުރަށްވައިގެންވެސް ބިޑް ރަޖިސްޓްރީ ކުރެވޭނެއެވެ. ބިޑްގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މި މަސައްކަތުގެ ޕްރީ ބިޑް މީޓިން އޮންނާނީ 18 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. އަދި ބިޑް ހުޅުވުން އޮންނާނީ 22 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ހިރިމަރަދޫ ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގ އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބަދަލުގައި އެއްވެސްފަރާތަކުން ބައވެރިވެ ވަޑައިގަންނަވާނަމަ، ކުންފުނި/ އިންވެސްޓްމަންޓްގެ ރަސްމީ ލިޔުމަކާއި ބައްދަލުވުމުގައި ބައިވެރިވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.ބިޑް ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮންނަން ވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.