ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެދަށުގައި ހުރި ބައެއް ޢިމާރާތްތައް 2023 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މި އިދާރާގެ ބެލުމުގެދަށުގައި ހުރި ބައެއް ޢިމާރާތްތައް 2023 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި ތިރީގައި މިދަންނަވާ އިމާރާތްތައް 2023 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)253/253/2021/79 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުބޮޑުކަމަށް ފެންނާތީ އަލުން އިޢުލާނު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

1- ކަލޭފާނު ޕްރީސްކޫލް

2- ހިދާޔަތުލް ގުރުއާން ކުލާސް

3- ހަޓް

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 ޑިސެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2022 ޑިސެމްބަރ 25 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

18 ޖުމާދަލްއޫލާ 1444

12 ޑިސެމްބަރ 2022

12 ޑިސެންބަރު 2022
ހޯދާ