ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިއްލަދޫ ބައު އިންޖީނުގެ ހުރި ބިމުގެ އިރުދެކުުނު ފަރާތުގައި ގަރާޖެއް ހެދުން

ނަމްބަރ:( IUL)252/252/2022/85

 

އިޢުލާން

                      މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ކުރީގެ އިންޖީނުގެ ހުރި ބިމުގެ އިރުދެކުނު ފަރާތުގައި ޤަރާޖެއް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                    ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށައެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

                   ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.

 

ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރުން :

19 ޑިސެންބަރު 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް

ޕްރީބިޑް ބައްދަލުވުން :

20 ޑިސެމްބަރު 2022 ވަނަ ދުވަހުގެ 10:00 ގައި ފިއްލަދޫ ކައުންސިލް އިދާރާގައި

ބީލަން ބަލައިގަތުން :

25 ޑިސެމްބަރު 2022 ވަނަ ދުވަހުގެ 10:00 ގެ ނިޔަލަށް

ބީލަންތައް ހުޅުވުން :

25 ޑިސެމްބަރު 2022 ވަނަ ދުވަހުގެ 10:05 ގައި ފިއްލަދޫ ކައުންސިލް އިދާރާގައި

 

        

 

 

 

 

                 ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

                  17 ޖުމާދުލްއޫލާ 1444

                  11 ޑިސެމްބަރު  2022

11 ޑިސެންބަރު 2022
ހޯދާ