މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހުޅުމާލެ އޮފީސް ބިލްޑިންގގެ ގްރައުންޑް ފްލޯރއަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށް، ޑެލިވަރީކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން – އެޑެންޑަމް 1

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުމާލޭގައި އިމާރާތްކުރަމުންދާ އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯރއަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށް، ޑެލިވަރީކޮށް އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު (IUL)471-PIDS2/471/2022/297 އިޢުލާނުގެ މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ބަދަލުގެނެވިފައިވާތީ ބީލަން ހުށަހެޅުމުގެ މުއްދަތު 2022 ޑިސެންބަރު 21 ވަނަ ދުވަހުގެ 13:00 އަށް އިތުރުކޮށް މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

މައުލޫމާތު ކަރުދާހުގެ ސެކްޝަން 5 - ބޭނުންވާ ޚިދުމަތް/ ތަކެތި/ މަސައްކަތުގެ ތަފްސީލް، އަށް ގެނެވުނު ބަދަލު މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަދި މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 ޑިސެމްބަރު 21 ވަނަ ދުވަހު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

11 ޑިސެންބަރު 2022
ހޯދާ