ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1.5 ކިލޯގެ ޕިކަޕެއް ގެނެސްދޭނެ ފަރާތެއް ހޯދުން

 

ނަންބަރު: (IUL)260/260/2022/116

 

އިޢުލާނު

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

   މި އިދާރާގެ އިޢުލާން ނަންބަރު (IUL)260/260/2022/96 ( 12 އޮކްޓޯބަރު 2022 )  އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑް ބާތިލްވެފައިވާތީ އަލުން އިއުލާންކުރަމެވެ.

  މިރަށުގައި ކުނި މެނޭޖްކުރާ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި، އެމަސައްކަތް ބޭނުންވާ 1500KG ގެ ޕިކަޕެއް ގަންނަން ބޭނުންވެއެވެ.ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިއުލާނާއި އެކު ހިމެނިފައިވާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް  ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތުގެ "ބީލަން ފޮތް" މިއިޢުލާނާއެކު، ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައިވާނެއެވެ. އަދި މިކައުންސިލާއި، ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލް ޒަރީއާއިން ޑޮކިއުމަންޓް ފޯރުކޮށްދެވޭނެއެވެ.

ބިޑް ރަޖިސްޓްރީކުރުން

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މިކައުންސިލްގައި ރަޖިސްޓްރީވާންވާނެއެވެ. ރަޖިސްޓްރީވާނީ މިކަމަށް ހާއްސަ ކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށްށެވެ. ގޫގުލް ފޯމްގެ ލިންކް ތިރީގައި އެވަނީއެވެ. ބީލަމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީގެ އިތުރުން، އެސް.އެމް.އީ އަދި ޖީއެސްޓީ ރަޖިސްޓްރޭޝަން އޮތްފަރާތްތަކަށްށެވެ. ރަޖިސްޓްރީ ކުރިޔަށްދާނީ އިއުލާނުކުރާ ދުވަހުން ފެށިގެން 19 ޑިސެމްބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށެވެ.

ގޫގުލް ފޯމް ލިންކް: https://forms.gle/uAzy9EhMf6u76snv8

ބިޑް ސެކިއުރިޓީ

 މިޢިއުލާނާއި ގުޅިގެން، ބިޑް ހުށަހަޅުއްވާ ފަރާތްތަކުން، ބިޑް ސެކިއުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

 ބީލަން ހުންނަންވާނީ، ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް އެޑެރެސް އަދި ގުޅޭނެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ، 03 ޖެނުއަރީ 2023 ވާ އަންގާރަ ދުވަހުގެ 10:00 އަށް ނައިވާދޫ ކައުންސިލް އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައިވަނީ 03 ޖެނުއަރީ 2023، 10:05 ގައި ބީލަން ހުށަހަޅާ ފަރާތް ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައި މިއިދާރާގެ ޖަލްސާކުރާ މާލްމަގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6520039 އަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

      1444 E 17

11  ޑިސެމްބަރު  2022  

11 ޑިސެންބަރު 2022
ހޯދާ