މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތުގެ ގޯތިތެރޭގައި ވުޟޫކުރުމަށް އިސްކުރުބަރިއެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހޯދުން

ކަމަދޫ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ވުޟޫކުރުމަށް އިސްކުރުބަރިއެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ކުރި އިޢުލާން ނަންބަރު IUL) 314/INDIV/2014/67)ފ(26 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ކަމަދޫ ހުކުރު މިސްކިތް މަސްޖިދުއްސިޔާދާތުގެ ވުޟޫކުރާބަޔަށް އިތުރުކުރާބައިގެ މަސައްކަތް މިއިދާރާއިން ހުށަހަޅާ ކުރެހުމާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެވުމަށްފަހު 04 ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:30 އަންދާސީހިސާބު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހާޅާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުންނެވެ. އަދި މަޢުލޫމާތު ސާފުކުރަން ނުދުރުވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި:

1. އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ކޮޕީ

2. ކުންފުޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

އަންދާސީހިސާބަށް މާކްސް ދިނުން:

ހުށަހަޅާ އަންދާސީހިސާބުތަކަށް މާކްސް ދެވޭނެ މިންގަނޑުތައް ތިރީގައި މިވަނީއެވެ.

ދާއިރާ

މާކްސް ދެވޭނެގޮތް

ތަފުސީލު

ފޯމިއުލަރ

އަގު

80%

ޚިދުމަތުގެ އަގަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate percentage

މުއްދަތު

 

މުއްދަތަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓިރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތު ތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of days)x Allocate percentage

ތަޖުރިބާ

 

މަސައްކަތުގެ ތަޖުރިބާއަށް ދެވޭ މާކްސް:

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއްގައި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތުގެ މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކުރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހައިލައިގެންނެވެ. އެގޮތުން އެންމެ ގިނާ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށެވެ.

(Benchmark Term/Submitted Term)x Allocate percentage

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                  

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ