ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
02 އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގައި 02 އެއަރކަންޑިޝަން ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު: D-12-C/2014/05 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ޑިސެންބަރު 2014 ދުވަހުގެ 11:00 އަށް ނ.ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޑިސެންބަރު 2014 ދުވަހުގެ 11:00އަށް،  މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

02 ޞަފަރު 1436

24 ނޮވެންބަރު 2014
ހޯދާ