މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން އިޖުތިމާޢީ ސަރަހައްދު ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ދެވަނަ ފަހަރަށް އިޢުލާން ކުރުން

މިރަށުގައި މިހާރު ކުނިކަހާ ސާފުކުރަމުންދާ ހުރިހާ ސަރަހައްދެއް 4 ޒޯނަކަށް ބާހާލުމަށްފަހު އެސަރަހައްދުތައް ކޮންޓްރެކްޓް އުސޫލުން ކުނިކަހާ ސާފުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ކުރެވުނު މިއިދާރައިގެ ނަންބަރ : IUL-317/2022/84 (07 ޑިސެމްބަރ 2022 ) އިޢުލާނާއި ގުޅިގެން މަޢުލުމާތު ސާފުކުރުމަށްޓަކައި އެއްވެސް ފަރާތަކުން ޙާޒިރުވެފައި ނުވާތީ މަތީގައި ދެންނެވިފައިވާ އިޢުލާނު ބާތިލުކޮށް އަލުން މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށްޓަކައި ދެވެނަ ފަހަރަށް އިޢުލާނު ކުރަމެވެ.

                        ވީމާ މިރަށުގެ އިޖުތިމާޢީ ސަރަހައްދު ގޮތުގައި ކަނޑައަޅާފައިވާ 4 ޒޯނު އަމިއްލަ ތަކެތި ބޭނުންކޮށްގެން ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 ޑިސެމްބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރ 2022 ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި ، ހުޅުވުން އޮންނާނީ  19 ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00  ގައި ދޮންފަނު ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ، އަންދާސީ ހިސާބާއި އަދި މަޢުލޫމާތު ސާފުނުކޮށް ހުށަހަށާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބަށް ދެވިފައިވާނަމާއި އިޢުލާނު ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ދެފުށް ހިމެނޭ ސާފުކޮޕީއެއް ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކުފޮނުވާނަމަ ބަދަލުގައި މީހަކު ފޮނުވާކަމުގެ ސިޓީއާއި އަންދާސީ ހިސާބު ހުށަހެޅުމަށް ފޮނުވާފަރާތުގެ  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ދެފުށް ހިމެނޭ ސާފުކޮޕީއެއް ގެންނަވަންވާނެއެވެ.

                           

11 ޑިސެންބަރު 2022
ހޯދާ