އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭ.ވީ.އެސް ޓްރެއިނީ

މިކޮމާންޑުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

އޭ.ވީ.އެސް ޓްރެއިނީ

މަޤާމުގެ ކްލެސިފިކޭޝަން:

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރސް އެންޑް ގާރޑްސް

ރޭންކް:

ސީ.އެސް-2

ޑިވިޜަން/ޔުނިޓް:

  • އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް
  • ކައްދޫ އެއަރޕޯޓް
  • ކޫއްޑޫ އެއަރޕޯޓް

މުސާރަ:

-/5920ރ

ސަރވިސް އެލަވަންސް:

-/1500ރ

އިތުރު ޢިނާޔަތްތައް:

ކޮއްތުފައިސާ -/60ރ (ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ސްޕެޝިއަލް ޑިއުޓީ އެލަވަންސް (މުސާރައިގެ %35)

ފޯނު އެލަވަންސްގެ ގޮތުގައި މަހަކު -/150ރ

އަދަދު:

ބޭނުންވާ އަދަދު: 7 (ހަތެއް) އަންހެން

          6 (ހައެއް) ފިރިހެން

ތަޢުލީމާއި ތަޖުރިބާ:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

އުމުރު:

18 އަހަރާއި 35 އަހަރާ ދެމެދު.

އިސްކޮޅު:

5 ފޫޓު  ހަމަވުން.

މަސައްކަތް ކުރަންޖެހޭ ތަން:

6 (ހައެއް) ފިރިހެން- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އެކްސެސް ކޮންޓްރޯލް ޔުނިޓް)

5 (ފަހެއް) އަންހެން- އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އިންޓަރނޭޝަނަލް ޓާރމިނަލް ސެކިއުރިޓީ ޔުނިޓް)

1 (އެކެއް) އަންހެން- ކައްދޫ އެއަރޕޯޓް

1 (އެކެއް) އަންހެން- ކޫއްޑޫ އެއަރޕޯޓް

މީގެ އިތުރުން ދިމާވާ ޙަލާތަކާ ގުޅޭ ގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާ ކޮންމެ އެއަރޕޯޓެއްގައި ވެސް މަސައްކަތް ކުރަން ޖެހިދާނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ވަޒީފާއަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކްކޯސް ފުރިހަމަކުރުން.
  2. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން ޢައްޔަންކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވާއިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރުން.
  3. ޑިއުޓީ ސްޕަވައިޒަރ، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން ޢައްޔަންކުރާ އިސްމުވައްޒަފެއްގެ ބެލުމުގެ ދަށުން؛
  • ވައިގެ ބަނދަރުތަކުގެ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ބަލަހައްޓަމުންގެންދާ އެންމެހާ ސަރަޙައްދުތަކުގައި ފޯރިމަރައި ބެލެހެއްޓުން.
  • ވައިގެ ބަނދަރުތަކުގައި ޖައްސާ އަދި ފުރާ އުޅަނދުފަހަރާއި، ވައިގެ ބަނދަރުތަކުގެ ތަކެއްޗާއި ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުން.
  • މަދަނީ ވައިގެ ބަނދަރުތަކުން ދަތުރުކުރާ ފަސިންޖަރުންނާއި ކުރޫންނާއި، އެމީހުން ގެންދާ ތަކެތި ބަލައި އޭވިއޭޝަން ސެކިއުރިޓީ ގޮތުން ފާސްކުރުން.

ފޯމު ހުށަހަޅަންވީ ތާރީޚު:

2014 ޑިސެންބަރު 04 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 15:00 ގެ ކުރިން ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއޯޓަރޒް (ސްޓާފް ކުއާޓަރސް 2، 1 ވަނަ ފަންގިފިލާ) އަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަކޮށްފައިވާ).
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ)
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުން އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ ލިޔުމެއް.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ފަދަ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ރީޖަނަލް އެއަރޕޯޓްތަކުގައި އޭވިއޭޝަން ސެކިއުރިޓީގެ މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ޔުނިފޯމު އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުމާއި އިމްތިޙާނު ކުރުން:

މި މަޤާމަށް ކުރިމަތިލާ މީހުންގެ އަދަދު 25 އަށްވުރެ ގިނަނަމަ، ޝަރުޠު ފުރިހަމަވާ މީހުން ޝޯޓްލިސްޓް (ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު) ކުރުމަށްފަހު، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށްޓަކައި އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތިން މާކްސް ހޯދާ ފަރާތްތަކަށް ޓްރޭނީއެއްގެ ވަޒީފާ ދެވޭނެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިޔުރިޓީ ބޭސިކް ކޯސް ފުރިހަމަކޮށް، ކޯހުން ފާސްވުމުން ސިވިލް ސާރވިސްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

ހޮވޭ ފަރާތްތަކާއި އިންޓަވިއު ކުރުން އޮންނާނީ 11 ޑިސެންބަރު 2014 އިން 14 ޑިސެންބަރު 2014 އާ ދެމެދު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓަރސް (ސްޓާފް ކުއާޓަރސް 2، 1 ވަނަ ފަންގިފިލާ) ގައެވެ. ވީމާ، މިމަޤާމަށް އެދިލައްވާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް އަދި އިމްތިޙާނަށް ހާޒިރުވެލެއްވުމަށް ތައްޔާރުވެވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3013435 އަދި 3013436 ނަންބަރު ފޯނާއެވެ.

މި ކޮމާންޑްގެ ވެބްސައިޓް www.avsecom.gov.mv އިން އަދި www.csc.gov.mv އިން ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

27 މުޙައްރަމް 1436

20 ނޮވެންބަރު 2014
ހޯދާ