މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

"ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" ގެ ނަމުގައި މި ހިނގާ ޑިސެންބަރުމަހުގެ 23 އިން ފެށިގެން ކާށިދޫ ކައުންސިލްގެ ފަރާތުން ނައިން-އަ-ސައިޑް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް -/20000 (ވިހި ހާސް) ރުފިޔާ އަދި ރަނަރަޕް ޓީމަށް -/15000 (ފަނަރަ ހާސް) ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

      މި މުބާރާތުގައި ބައިވެރިވެވޭނީ ކާށިދޫގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތެއްގެ ބެލެނިވެރިކަމުގެ ދަށުންނެވެ. ވީމާ "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2022" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހިނގާ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު މިއިދާރާގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހަޅުއްވާއިރު އޮންނަންވާނީ އެ ޓީމެއް ނިސްބަތްވާ ކްލަބްގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑު ޖަހާފައެވެ.

09 ޑިސެންބަރު 2022
ހޯދާ