ދިވެހިރާއްޖެ
މިއިދާރާގެނަންބަރު: (IUL)248-PRU/248/2022/82 (30 ނޮވެންބަރު 2022) އިޢުލާނާއި ގުޅިގެން ކުރިމަތިލެއްވީ އެއް ފަރާތުން ކަމުން އެފަރާތުން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގަށްވުރެން ބޮޑުއަގެއް ކަމަށްވާތީ، އެ އިޢުލާން ބާޠިލްކޮށް ދެވަނަ ފަހަރަށް ބީލަމަށް ހުޅުވާލަމެވެ.
ވީމާ، މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް މިރަށު އެއްގަމު ލައިސަންސް ޓްރެކް ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ އަންދާސީހިސާބުކަން އެނގޭގޮތަށް ލިޔުއްވާފައެވެ.
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަމުގައި ރަޖިސްޓަރީ ކުރުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
ހޯމަ |
12 ޑިސެންބަރު 2022 |
14:00 އަށް |
އަންދާސީހިސާބު ހުށަހެޅުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
15 ޑިސެންބަރު 2022 |
11:00 ގައި |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.