ދިވެހިރާއްޖެ
ނަންބަރު: GS-215/IUL/2022/23
2023ވަނަ އަހަރު އިހައްދޫ ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
01 ޖެނުއަރީ 2023 އިން ފެށިގެން 1 އަހަރުގެ މުއްދަތަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިތަކާއި، ކުލަބު ޖަމިއްޔާތަކަށް އެކަންޏެވެ. ރަޖިސްޓްރީ މުއްދަތު ހަމަވެފައިވާ ފަރާތްތަކާއި އަދި އަމިއްލަ ފަރުދުންގެ ނަމުގައި ކުރިމަތި ނުލެވޭނެއެވެ.
މަސައްކަތުގެ މަޢުލޫމާތު ދިނުން |
15 ޑިސެންބަރ 2022 (ބުރާސްފަތި) |
ގަޑި: ހެނދުނު 10:00 |
އަގު ހުށަހެޅުން |
21 ޑިސެންބަރ 2022 (ބުދަ) |
ގަޑި: ހެނދުނު 10:00 |
މަޢުލުމާތު ސާފުކުރުން ވަޑައިނުގަންނަވާ ފަރާތްތަކަށް އަގު ހުށަނޭޅޭނެއެވެ.