ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު (ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ)

ނަމްބަރ: IUL)244/244/2022/58

އިޢުލާން

    ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ތުރާކުނުގެ ލޮބުވެތި ރައްޔިތުންނަށް އާމްދަނީ ހޯދޭނެ، ފަހި ފުރުޞަތުތައް ހޯދައިދިނުމުގެ މަޤުޞަދުގައި ދެ ޖިންސުގެ ފަރާތްތަކަށް ހުޅުވާލައިގެން 2023 ޖަނަވަރީ  01 ގައި އައިފާސް ޑްރީމްސް އާއި ގުޅިގެން ފަހަން ދަސްކޮށްދިނުމުގެ ކޯހެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ކޯހުގެ މަޢުލޫމާތު:

  • މި ކޯހަކީ ބޭސިކުން ފެށިގެން އެޑްވާންސް ލެވެލް 1 ގެ ކޯހެކެވެ.) އެޑްވާންސް ލެވެލް 1 ގެ ކޯސް ފުރިހަމަވާއިރު އަމިއްލައަށް މިންނަގައިގެން ކެނޑުމާއިއެކު އެކި ފަރުމާތަކަށް ހެދުމާއި ތަފާތު ފޭރާން ތައްޔާރުކުރަން ދަސްވާނެއެވެ. އަދި ފޮތީގައި ތަފާތު ވައްތަރުގެ މައު ހެދުމާއި ރިބަނުގެ މަސައްކަތްތައް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން މިނަލާއި ވެލިފޮތީގެ މަސައްކަތްތަކާއި ފޮތިތައްޔާރުކޮށް އަމިއްލަވަންތަ ފެބްރިކް ޕެއިންޓް، އާރޓް އަދި ބެޓިކް ފަދަ މަސައްކަތް ދަސްކޮށްދިނުމާއި ފެހުމުގެ ފަންނީ ހުނަރުތަކާއި ކަވި މަސައްކަތްތަކާއި މައްސަލަތަކާއި ހައްލުތައް ދަސްކޮށްދެވޭނެއެވެ.)
  • ކޯހުގެ ބައިވެރިން ބޭނުންވާނަމަ އެ ބައިވެރިއެއް ބޭނުން ޑިޒައިނަކަށް އެބައިވެރިއެއްގެ ގަޔަށް ހެދުމެއް ފެހުމާއި ކޯހުގައި ބައިވެރިން ފަހާ ހެދުންތައް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ދައްކާލުން ކުރިޔަށް ގެންދެވޭނެއެވެ.
  • ކޯސް ފުރިހަމަ ކުރުމުން ބޭސިކް އަދި ލެވެލް 1 ގެ ސެޓްފިކެޓް ބައިވެރިންނަށް ލިބިގެންދާނެއެވެ.
  • ކޯހުގައި ސްކޫލް ދަރިވަރުންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހިލޭ ލިބިގެން ދާނެއެވެ.
  • ކޯހުގެ މުއްދަތަކީ 20 ދުވަހާއި 25 ދުވަހާ ދެމެދުއެވެ.
  • ފަހާ ފޮށި ނޫން ހުރިހާ ތަކެއްޗެއް ފޯރުކޮށްދޭނީ ކޯސް ހިންގާ ފަރާތުންނެވެ.

 ކޯހުގެ ފީ ނެގުން ހަމަޖެހިފައިވާ ގޮތް:

ބައިވެރީންގެ އަދަދު

ފީ

15-29 ދެމެދު

2000.00

30 މަތި

1800.00

މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ އަތުން އިދާރީ ފީއެއްގެ ގޮތުގައި 200-300 އާއި ދެމެދުގެ ފީއެއް ނެގިގެން ދާނެއެވެ.

ކޯހުގައި ބައިވެރިވެ ފައިސާ ދެއްކެވުމަށްފަހު ކޯހުން ވަކިވާން އެދުނު ނަމަވެސް ދައްކާފައިވާ ފައިސާ އަނބުރާ ދޫނުކުރެވޭނެއެވެ.

 

ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު:

  • މި ކޯހުގައި އަންހެން އަދި ފިރިހެން ބޭފުޅުންގެ އިތުރުން ސްކޫލް ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.
  • ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ނޯޓް ކުރުމަށް ގުޅުއްވާނީ އ.ތ.މ ކޮމެޓީގެ ރައީސާ ޚުޒައިމާ މުހައްމަދު (9860865 / 7718844) ނަންބަރު ފޯނަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ (7492525 / 9860865) ނަންބަރު ފޯނަށެވެ.
  • ކޮހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ނަން ނޯޓް ކުރުން 2022 ޑިސެމްބަރ 08 ވަނަ ދުވަހުން ފެށިގެން 2022 ޑިސެމްބަރ 20 ވަނަ ދުވަހުގެ މެންދުރުފަހު 12:00 ހަމައަށް ހުޅުވައިލެވިފައިވާނެއެވެ.       

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2022
ހޯދާ