މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ (ކޮންޓްރެކްޓް)

   މަޤާމު:                    ސްޕޯޓްސް ސުޕަވައިޒަރ (ކޮންޓްރެކްޓް)

   ބޭނުންވާ އަދަދު:               02

   ވަޒީފާ އޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   މުސާރަ:                    -/7590 ރުފިޔާ

   ގިންތި:                    ކޮންޓްރެކްޓް (3 މަސް ދުވަސް)

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :    "އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން" ޕްރޮޖެކްޓް ކޯޑިނޭޝަން ޔުނިޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަވާލު ކުރެވޭ ބީޓެކް ސްޕޯޓްސް ކޯހުގެ މަސައްކަތްތައް ރަގަނޅު ފެންވަރެއްގައި ކުރުން.

- ހަވާލު ކުރެވިފައިވާ މަސައްކަތްތަކަށް ފަރުވާތެރިވެ ޒިންމާދާރުވެ ކަންތައްތައް އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން.

- އެކުގައި މަސައްކަތް މަސައްކަތް ކުރާ މުއައްޒަފުންގެ މެދުގައި ރަޙުމަތްތެރިކަމާއި އެކުވެރިކަމުގެ ރޫޙު ޤާއިމުކުރުމަށް މަސައްކަތް މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އެންމެ ފައިދާ ހުރި ގޮތުގައި ރާވައިގެން ކުރުން.

- މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސިއްރު ހިފެހެއްޓުން.

- ބީޓެކު ސްޕޯޓްސް ކިޔަވައިދޭ ސްކޫލުތަކަށް ޒިޔާރަތް ކޮށް، ކޯސް ހިނގަމުންދާގޮތް މޮނިޓަރކޮށް ސުޕަވައިޒްކޮށް، އެސެސަރުންނާއި ސްޕޯޓްސްގެ ސުޕަވައިޒަރުންނަށް ބުނެދިނުން.

- ބީޓެކު ސްޕޯޓްސްގެ ޓްރެއިނިންގ ސްކޫލުތަކުގެ އެސެސަރުންނަށް އަދި ސްޕޯޓްސް ސުޕަވައިޒަރުންނަށް ނަގައި ދިނުން

- ދިވެހި ސިވިލް ސާރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ ގަވާއިދުތަކާއި ޓީޗަރުންނަށް ޚާއްޞަ ކޮށްފައިވާ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

ޝަރުޠު:                       

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 – 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:30 ގެ ކުރިން ލިޔުމަކުން ތަޢުލީމީ ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2014
ހޯދާ