ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

   

      ނޫމަރާ ސްކޫލް

   ނޫމަރާ ދިވެހިރާއްޖެ             

ނަންބަރު: GS102/IUL/2022/15

 

 

އިޢުލާނު

 

2023ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

                    2023 ޖެނުއަރީ 01 ން 2023 ޑިސެމްބަރ 31 އަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

މަޢުލޫމާތު ދިނުމުގެ ސެސަން

އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން

15 ޑިސެމްބަރ 2022       މެންދުރުފަހު 13:30

19 ޑިސެމްބަރ 2022       މެންދުރުފަހު 13:30

 

                   މި މަސައްކަތައް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( 2014/18)ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ތަމްސީލްކުރާ ކުންފުނި / ވިޔަފާރި އެނގޭނެގޮތައް ސިޓީއަކާއިއެކު ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޞިރުވާއިރު ތަމްސީލް ކުރާ ކުންފުނި / ވިޔަފާރީގެ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) އިން ދޫކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީ އަދި މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.

                   މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ނޫމަރާ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި ފުރިހަމަކުރަންޖެހޭ ބައިތައް ރަނގަޅަށް ފުރިހަމަނުވާ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

                     ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.

                             14 ޖުމާދުލްޢޫލާ 1444

                             08 ޑިސެމްބަރ 2022

 

 

 

 

08 ޑިސެންބަރު 2022
ހޯދާ