މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މެއިންޓެނަންސް އޮފިސަރ

   މަޤާމު:                     މެއިންޓަނަންސް އޮފިސަރ

   ބޭނުންވާ އަދަދު:                01

   މުސާރަ :                  -/5,610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2,000 ރުފިޔާ

   ނޮން ޕްރެކްޓިސް އެލަވަންސް  :     މުސާރައިގެ %35

   ރިސްކް އެލަވަންސް:            އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

   ފޯން އެލަވަންސް:              -/200 ރުފިޔާ

   އިތުރުގަޑީގެ ފައިސާ :           ހަމަޖެހިފައިވާ އުޞޫލްގެ މަތިން

   ވަޒީފާ އޮތް އޮފީސް:            ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                   ކޮންޓްރެކްޓް

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :   ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ

 • ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
 • ތަޢުލީމީ ފަންޑުގެ އިމާރާތްތަކާއި ތަކެތީގެ މެއިންޓެނަންސް ބެލެހެއްޓުން
 • ތަޢުލީމީ ފަންޑުގެ އިދާރާއިން އައުޓްސޯސް ކުރެވިގެން ކުރުވޭ ސާރވިސް ކޮންޓްރެކްޓް މަސައްކަތްތައް (ފޮޅައި ސާފުކުރުމާއި، މެއިންޓެނަންސް ބެލެހެއްޓުން އަދި ސެކިއުރިޓީ ބެލެހެއްޓުން ފަދަ) ދުވަހުންދުވަހަށް ހިނގަމުންދާގޮތް މޮނިޓަރ ކުރުމާއި ސްޕަވައިޒްކޮށް ބެލެހެއްޓުން
 • ތަޢުލީމީ ފަންޑުގެ އިމާރާތްތަކުގެ ސާވޭލަންސް ކެމެރާ މޮނިޓަރިންގ ސިސްޓަމް މޮނިޓަރކޮށް ބެލެހެއްޓުން
 • ތަޢުލީމީ ފަންޑުގެ އިމާރާތްތަކުގެ ލިފްޓްތަކާއި، އެއަރކަންޑިޝަންތަކާއި، ފެންޕަންޕް ފަދަ މެޝިނަރީތަކަށް ޖެހޭ މައްސަލަތައް ދުވަހުންދުވަހަށް ބަލައިގަތުމާއި އެފަދަ ތަކެތީގެ މެއިންޓެނަންސް ބެލެހެއްޓުމުގެ ކޮންޓްރެކްޓަރ ލައްވައި މައްސަލަތައް ހައްލުކުރުވުން
 • ތަޢުލީމީ ފަންޑުން އައުޓްސޯސް ކުރެވޭ މަސައްކަތްތަކުގެ ކޮންޓްރެކްޓަރުންނަށް މަހަކު އެއްފަހަރު ދޫކުރަންޖެހޭ ސަރވިސް ސެޓުފިކެޓާބެހޭ ރެކޯޑު ބެލެހެއްޓުމާއި ސެޓުފިކެޓު ވެރިފައިކުރުން
 • ތަޢުލީމީ ފަންޑުގެ އިދާރާއިން ތައްޔާރުކުރެވޭ މަސައްކަތްތަކުގެ އެގްރީމަންޓްތައް ތައްޔާރުކުން
 • ތަޢުލީމީ ފަންޑުގެ އިމާރާތްތައް ކުއްޔަށް ދޫކުރުމުގެ އެގްރީމަންޓްތައް ތައްޔާރުކޮށް ބެލެހެއްޓުން
 • ތަޢުލީމީ ފަންޑުގެ އިދާރާއިން ކުއްޔަށް ދޫކުރުމުގެ އެގްރީމަންޓް އަދި މަސައްކަތްތަކުގެ އެގްރީމަންޓްތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އިޢުލާންކުރުމަށް ޕްރޮކިއުމަންޓަށް ހުށަހެޅުން
 • ތަޢުލީމީ ފަންޑުގެ އިމާރާތްތައް މަހަކު އެއްފަހަރު ޗެކްކޮށް ބަލައި މެއިންޓެނަންސް ރިޕޯޓު ތައްޔާރުކުރުން
 • ތަޢުލީމީ ފަންޑުގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ އިމާރާތްތަކުގެ އިންޝުއަރެންސްއާބެހޭ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
 • ތަޢުލީމީ ފަންޑުގެ އިދާރާގެ ބެލެހެއްޓުމުގެ ދަށުގައިވާ އިމާރާތްތަކުގެ ފަޔަރ އިކްވިޕްމަންޓްތައް މެއިންޓެއިންކޮށް ބެލެހެއްޓުން
 • ތަޢުލީމީ ފަންޑުގެ އިމާރާތްތަކުގެ ކަރަންޓާއި ފެން މީޓަރުތަކުގެ ބިލިންގ އެޑްރެސް ބަދަލުކުރަންޖެހޭ ހާލަތްތަކުގައި ކަމާބެހޭ މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުން
 • ތަޢުލީމީ ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި ބޭނުންވާ މަޢުލޫމާތު ދިނުން.
 • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.
 • ޝަރުޠު :
 1. މެއިންޓެނަންސް އޮފިސަރުގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެފައިވުން އަދި މިދާއިރާއާގުޅޭ ތަމްރީނު ލިބިފައިވުން ، ނުވަތަ
 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
 3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
 • ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ށ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ނ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ރ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ބ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

 • އިންޓަރވިއު ކުރުން :

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 01 ޑިސެންބަރު 2014 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ .

 • ހުށަހަޅަންޖެހޭ ލިޔުންތައް :

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ތަޢުލީމީ ފަންޑުގެ ކައުންޓަރުން / އެދުރުހިޔާ ، 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެ )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު    

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)

 • ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :
 • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 1 ވަނަ ފަންގިފިލާ، ފަޅުމަތީމަގުގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.
 • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:30
 • ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ނަންބަރު 3341192 ފޯނަށް ގުޅުއްވުން އެދެމެވެ.
18 ނޮވެންބަރު 2014
ހޯދާ