މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

   މަޤާމު:                     އެސިސްޓެންޓް އެކައުންޓްސް އޮފިސަރ

   ބޭނުންވާ އަދަދު:                01

   މުސާރަ :                  -/4,465 ރުފިޔާ

   ސަރވިސް އެލަވަންސް:           -/1,500 ރުފިޔާ

   ނޮން ޕްރެކްޓިސް އެލަވަންސް  :     މުސާރައިގެ %35

   ރިސްކް އެލަވަންސް:            އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/25 ރުފިޔާ

   ފޯން އެލަވަންސް:             މަހަކު -/200 ރުފިޔާ

   އިތުރުގަޑީގެ ފައިސާ :          ހަމަޖެހިފައިވާ އުސޫލްގެ މަތިން

   ވަޒީފާ އޮތް އޮފީސް:           ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                  ކޮންޓްރެކްޓް

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :  ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ތަޢުލީމީ ފަންޑަށް ލިބޭ ފައިސާ ބަލައިގަތުމާއި އެމް.އެމް.އޭ އަށް ފައިސާ ޖަމާކުރުން
  • ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ ފައިސާގެ ރެކޯޑުތައް ބެލެހެއްޓުން
  • ޕެޓީކޭޝް ބެލެހެއްޓުމާއި ޕެޓީކޭޝްގެ ރެކޯޑުތައް ބެލެހެއްޓުން
  • ތިޖޫރީއާއި ތިޖޫރީގެ ހިސާބު ބެލެހެއްޓުން
  • ތަޢުލީމީ ފަންޑަށް ލިބޭ ފައިސާގެ ރަޖިސްޓަރީ ބެލެހެއްޓުން
  • ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ ފައިސާގެ ދުވަހު ހިސާބާއި މަސްދުވަހުގެ ހިސާބު އަދި އަހަރުދުވަހުގެ ހިސާބު ތައްޔާކުރުން.
  • ތަޢުލީމީ ފަންޑުގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.
  • ތަޢުލީމީ ފަންޑަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، ތަޢުލީމީ ފަންޑުގެ ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވުން
  • މީގެ އިތުރުންވެސް ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ކުރުން.     

ޝަރުޠު :

  1. އެސިސްޓެންޓް އެކައުންޓްސް އޮފިސަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެފައިވުން، ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ.  މިފަދަ ފަންޑެއްގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ށހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ނ.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ރ.  ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ބ.  މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.   

އިންޓަރވިއު ކުރުން :

ހ.  މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 01 ޑިސެންބަރު 2014 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ.  އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ .

ހުށަހަޅަންޖެހޭ ލިޔުންތައް :

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު ތަޢުލީމީ ފަންޑުގެ ކައުންޓަރުން / އެދުރުހިޔާ ، 1 ވަނަ ފަންގިފިލާއިން ލިބިވަޑައިގަންނަވާނެ )

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމުގެ އަސްލު     

ނ-  ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައި ލިޔުމުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ)

ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ބ-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި ލިޔުމުގެ ކޮޕީ)

ޅ-  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ މޯބައިލް ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ ސުންގަޑިއާއި އޮފީސް :

  • މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ، އެދުރުހިޔާ 1 ވަނަ ފަންގިފިލާ، ފަޅުމަތީމަގުގައި ހުންނަ ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 27 ނޮވެންބަރު 2014 ވަނަ ދުވަހުގެ 13:30

ނޯޓް: މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ނަންބަރު 3341192 ފޯނަށް ގުޅުއްވުން އެދެމެވެ.

18 ނޮވެންބަރު 2014
ހޯދާ