ކޮޅުމަޑުލު މަޑިފުށީ މެޖިސްޓްރޭޓް ކޯޓު
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކޯޓަށް ޙާޒިރުވުމާއި ގުޅޭ
                                ތ. ކިނބިދޫ ދީފުރަމްގެ ޔޫނުސު ރަޝާދު އަކީ ތ. މަޑިފުށި ކައުންސިލްގެ އިދާރާ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ 39/N3C/2020 ޤަޟިއްޔާގެ ދަށުން ބެލެމުންދާ ސާބިތު ދަރަނީގެ މައްސަލައާއި ގުޅިގެން މި ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ޙާޟިރުކުރެވިފައިނުވާ މީހެކެވެ.
ވީމާ، 2022 ޑިސެންބަރ 15 ވަނަ ދުވަހުގެ 13:30 އަށް ތ. ކިނބިދޫ ދީފުރަމްގެ ޔޫނުސު ރަޝާދު މި ކޯޓަށް (ތ. މަޑިފުށި މެޖިސްޓްރޭޓް ކޯޓަށް) ޙާޟިރުވުމަށް އަންގަމެވެ. އަދި މި ތާރީޚަށް ތ. ކިނބިދޫ ދީފުރަމްގެ ޔޫނުސު ރަޝާދު ޙާޟިރުނުވެއްޖެނަމަ، ޔޫނުސު ރަޝާދުގެ ޣައިރު ޙާޟިރުގައި މި މައްސަލަ ހިންގައި ނިންމޭނެ ކަމުގައިވެސް ޔޫނުސު ރަޝާދުއަށް އަންގަމެވެ.
             07 ޑިސެންބަރު 2022
            
        
                    ހޯދާ  
                
                