މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

(މިމިނިސްޓްރީގެ ނަންބަރު 22/2014/97/D-ފ22(IUL)ފ(23 އޮކްޓޫބަރު 2014) އިޢުލާނަށް މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާނު ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.)

   މަޤާމު:                     އެކައުންޓްސް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް. އެސް 1

   ކްލެސިފިކޭޝަން :              ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

   މުސާރަ :                  -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:            މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :   ޕޭމަންޓް އެންޑް ރެވެނިއު ސެކްޝަން، ފައިނޭންސް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ސެކްޝަނަށް ލިބޭ ލިޔުންތައް ބަލައިގަތުމާއި، ކަމާބެހޭ މުވައްޒަފުންނަށް އެލިޔުންތައް ދުވަހުން ދުވަހަށް ހަވާލުކުރުމުގެ މަސައްކަތް ކުރުން.
  2. ސެކުޝަންގެ މުވައްޒަފުންނަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ބަރާބަރަށް ކުރަމުންދޭތޯއާއި، އޮފީހުގެ ތެރޭގައި މުވައްޒަފުންގެ އަޚުލާޤީ މިންގަނޑު ވަޒަންކުރުމާއި، މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ލިޔުމުން އެންގުމުގެ މަސައްކަތް ކުރުން.
  3. މުވައްޒަފުންނާ ގުޅޭ އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  4. ސެކުޝަންގެ މުވައްޒަފުންނަށް މަސައްކަތުގެ ހުނަރާއި ޤާބިލުކަން ހޯދުމަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި، ސެކްޝަންގެ ވެރިޔާގެ މަޝްވަރާގެ މަތިން ޓްރޭނިންގ ދިނުމަށްޓަކައި ހިޔުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅުން.
  5. ސެކުޝަންގެ މުވައްޒަފުންގެ އިތުރުގަޑީގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓު ތައްޔާރުކުރުކޮށް އެރިޕޯޓު ހިޔުމަންރިސޯސް ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  6. ސެކްޝަންގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމާއި ޔައުމިއްޔާ ލިޔުމާއި، އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ހުށަހެޅުމުގެ މަސައްކަތް ކުރުން.
  7. ސެކްޝަންގެ ގުދަން ކުރަންޖެހޭ ލިޔުންތައް ރަނގަޅަށް ބެލެހެއްޓުމާއި އެލިޔުންތަކާބެހޭ ރެކޯޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރުވުމާއި، އަދި އެލިޔުންތައް ރައްކާކުރެވޭ ގުދަނުގެ ހުރިހާ ކަމެއް ކުރުން.
  8. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ދެންނެވުންތަކުގައިވާ މުހިންމު މަޢުލޫމާތާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސަރކިޔުލަރތަކާއި، މުދަލާއި ފައިސާއާ ބެހޭގޮތުން ހެދިފައިވާ ގަވާއިދުތަކާއި، މިނިސްޓްރީން ތައްޔާރުކުރާ މުހިންމު މަޢުލޫމާތުތައް މުވައްޒަފުންނަށް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރުން.
  9. އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ނިމޭ އަހަރުގެ މަޢުލޫމާތު ހިނގާއަހަރުގެ ޖަނަވަރީ 5 ގެ ކުރީން ފޮނުވުމުގެ މަސައްކަތް ކުރުން.
  10. މިނިސްޓްރީގެ މުދަލާއި ފައިސާގެ ހިސާބުތައް އޯޑިޓް ކުރަންޖެހޭ ފަރާތްތަކުން އޯޑިޓްކުރުމުގައި އެހީތެރިވެދިނުން.

ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2014
ހޯދާ