މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

(މިމިނިސްޓްރީގެ ނަންބަރު 22/2014/98/D-ފ22(IUL)ފ(23 އޮކްޓޫބަރު 2014) އިޢުލާނަށް މަޤާމަށް ޝަރުޠު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާނު ބާޠިލު ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.)

   މަޤާމު:                     އެކައުންޓްސް އޮފިސަރ

   ބޭނުންވާ އަދަދު:                01

   ރޭންކް:                     އެމް. އެސް 1

   ކްލެސިފިކޭޝަން:               ޓެކްނިކަލް އޮފިސަރ ގްރޭޑް 1  

   މުސާރަ :                    -/5610 ރުފިޔާ

   ސަރވިސް އެލަވަންސް:           -/2000 ރުފިޔާ

   ވަޒީފާ އޮތް އޮފީސް:             މިނިސްޓްރީ އޮފް އެޑިޔުކޭޝަން

   ގިންތި:                    ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :   ބަޖެޓް ރިޕޯޓިންގ އެންޑް ކޮންޓްރޯލް ސެކްޝަން، ފައިނޭންސް ޑިވިޝަން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މިނިސްޓްރީގެ ދަށުގައިހުރި ހުރިހާ ސްކޫލް، މަރުކަޒުތަކެއްގެ ބަޖެޓާއި، ފަންޑާބެހޭ ޚަރަދު ރިޕޯޓާއި، އާމްދަނީ ރިޕޯޓާއި، ތިޖޫރީ ރިޕޯޓުތައް މަސްނިމުމުން ހޯދުމާއި، އެރިޕޯޓުތަކުގައި ކުށްހުރިތޯއާއި ރިކޮންސިލްކޮށްފައިވަނީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް، އިޞްލާޙުކުރުމާއި، ލިބިފައިވަނީ ފުރިހަމަ ރިޕޯޓެއްކަން ޔަޤީންކުރުން.

2. ހުރިހާ ރިޕޯޓުތަކެއްގެ ފޯމެޓާއި އޭގައި އެކުލެވެންޖެހޭ ބައިތައް ހުރީ ރަނގަޅަށްތޯ ބަލައި ޔަޤީންކުރުމާއި އިޞްލާޙުކުރަންޖެހޭ ރިޕޯޓުތައް އިޞްލާޙުކުރުން.

3. މަހުގެ ޚަރަދު ރިޕޯޓާއި އާމްދަނީ ރިޕޯޓުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވަންދެން، އެކަންތައް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅު ސެކްޝަންގެ އިސްވެރިޔާގެ ލަފަޔާއެކު އެޅުން.

4. މިނިސްޓްރީގެ ސެކްޝަންތަކާއި ސްކޫލްތަކާއި އަދި ދާއިރާގެ ތަންތަނުން، ފައިސާގެ ރިޕޯޓުތައް ހެދުމަށް ބޭނުންވެއްޖެނަމަ އެފަރާތްތަކަށް އެހީތެރިކަމާއި އިރުޝާދު ދިނުން.

5. ރިޕޯޓުކުރުމުގައި ރަނގަޅު ކުރަންޖެހޭ ބައިތަކާއި މައްސަލަ އުޅޭ ކަންތައްތައް ފާހަގަކޮށް، ސެކްޝަންގެ އިސްވެރިޔާގެ ލަފައާއި އިރުޝާދު ހޯދުން

6. ކޮންމެ ސްކޫލެއްގެ ބަޖެޓް ހުރިގޮތާއި، ފައިސާހުރި މިންވަރު، އަދި ބަޖެޓްގެ ބާކީ، ކޮންމެ ވަގުތެއްގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ މެނޭޖްމަންޓުން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތު ދިނުން.

7. މިނޫނަސް އޮފީހުގެ އިސްވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްތައް ދުވަހުން ދުވަހަށްކޮށް ނިންމުން.

ޝަރުޠު:                                                

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

އިންޓަރވިއު ކުރުން.

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 02 - 11 ޑިސެންބަރު 2014 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި، މި މިނިސްޓްރިގެ ވެބްސައިޓް www.moe.gov.mvއިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ރ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގެ (8 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2014 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341428 ފޯނަށް ގުޅުއްވުން އެދެމެވެ.

20 ނޮވެންބަރު 2014
ހޯދާ