ދިވެހިރާއްޖެ
އިޢުލާން
ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތް
ދިވެހި ރާއްޖޭގެ އުފެންދުންތައް ކުރިއަރުވާ، ޕްރޮމޯޓްކޮށް އަދި ރާއްޖޭގެ އުފެންދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި، ރާއްޖޭގެ އުފެންދުމެއްކަން އަންގައިދޭ ނިޝާން، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ރާއްޖޭގެ އުފެންދުންތަކުގައި ޖަހާދެވޭނެ އުސޫލެއް ނުވަތަ ސެޓިފިކޭޝަން ސްކީމެއް ތަޢާރަފްކުރުމަށް މިމިނިސްޓްރީން މިދަނީ ތައްޔާރުވަމުންނެވެ.
މިގޮތުން، މި ސްކީމްގައި ބޭނުންކުރެވޭނެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ފަރުމާކުރުމުގެ މުބާރާތެއް ބޭއްވުމަށް މިނިސްޓްރީން މިވަނީ ނިންމާފައެވެ.
މި މުބާރާތުން އެއްވަނައަށް -/25,000 (ފަންސަވީސް ހާސް ރުފިޔާ) އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށް ދާފަރާތެއްގެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ސެޓިފިކޭޝަން ސްކީމްގެ ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.
މި މުބާރާތުގެ ސުންގަޑި އަކީ 15 ޑިސެންބަރު 2022 އެވެ.
ވިމާ، މި ސްކީމްގެ ލޯގޯ ފަރުމާކުރުމަށް އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މުބާރާތުގެ ރޫލްސް އަދި ގައިޑްލައިންސް، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް، އަދި އިތުރު މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 3333199 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ފޮނުވުން އެދެމެވެ.